ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި
ޚަބަރު

ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވައިފި

މމުހައްމަދު އަލީ27 ޖުލައި 2025
ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި އަލަށް ޤާއިމްކުރެވުނު ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހޯމް މިނިސްޓަރ އަލީ އިހުސާން ހުޅުވައިދެއްވައިފިއެވެ. މި ފެސިލިޓީއަކީ ކުށްކުރާ ކުޑަކުދިންގެ ތެރެއިން ދިގު މުއްދަތަށް ބަންދުގައި ބައިތިއްބަންޖެހޭ ކުޑަކުދިން ބޭތިއްބުމަށް ޤާނޫނުން ލާޒިމްކުރާތީ އަޅާ ފެސިލިޓީއެކެވެ. އެގޮތުން ކުށްކުރާ ކުޑަކުދިންގެ ތެރެއިން ކުރު މުއްދަތަށް ބައިތިބަންޖެހޭ ކުޑަކުދިންނަށް ޚާއްސަކޮށް ޤާއިމްކުރެވުނު “ޖުވެނައިލް ޑިޓެންޝަން ސެންޓަރ” 30 ޖަނަވަރީ 2022 ގައި ހުޅުވައި، ހިންގަން ފަށާފައިވެއެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގައި ބައިތިއްބާ ކުޑަކުދިންނަށް އުމުރާ ގުޅޭގޮތުން ކިޔެވުމުގެ ފުރުޞަތުއޮންނާނެއެވެ. މީގެ އިތުރުން ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައުންސެލިންގ އަދި ސައިކިއަޓްރިކް ސެޝަންތައް ފޯރުކޮށްދިނުމާއި އިސްލާމީ ކައުންސެލިންގ ދިނުމާއި ލައިފް ސްކިލްސް ކިޔަވާދޭނެކަމަށް ކަރެކްޝަނުން ބުނެފައިވެއެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީގެ އިތުރުން މިނިސްޓަރ މި ރަސްމިއްޔާތުގައި އައްސޭރި ޖަލުގެ ޤައިދީންނާއި ބަންދުމީހުން އެފަރާތްތަކުގެ ޢާޢިލާ ތަކާ ބައްދަލުކުރުމަށް ޚާއްސަކޮށް ތަރައްޤީކޮށްފައިވާ 'ޢާއިލީ ހިޔާ' އާއި އޮފިސަރުންގެ ކުޅިވަރު ފެންޑާ 'ހިރުނދު ހިޔާ' ހުޅުވައި ދެއްވާފައިވެއެވެ. މި ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ފާހަގަކުރެއްވީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މައްޗަށް ލާޒިމްކުރާ މަރުކަޒުތަކުގެ ތެރެއިން ޤާއިމްނުވެ އޮތް ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވިގެން ދިއުމަކީ ޤާނޫނު ތަންފީޛުކުރުމަށް ލިބިގެން ދިޔަ ބާރެއް ކަމަށެވެ. އަދި ޤައުމީ ޚިދުމަތުގައި ވަފާތެރިކަމާއި އިޙްލާސްތެރިކަމާއެކު މަސައްކަތްކުރުމަށް އޮފިސަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ އާއި ޢާއިލީ ހިޔާ އަދި ކުޅިވަރު ފެންޑާ ހެދުމުގައި ޤައިދީންނާއި އޮފިސަރުންނާއި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވަމުން، އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ޖުވެނައިލް ލޯންގްޓަރމް ސެކިއޯ ފެސިލިޓީ ހުޅުވުމަށް ބޭއްވި ޚާއްސަ ރައްމިއްޔާތުގައި، އެ ފެސިލިޓީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާންއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީޜު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، އައްސޭރި ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އިސްމާޢީލް ނަސީރު، ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުންގެ އިތުރުން، މޯލްޑިވްސް ކަސްޓަސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ޢަބްދުﷲ ވަހީދު މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.  

ގުޅުންހުރި ޚަބަރު