ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ހުޅުމާލެ ޑަޔަލަސިސް ސެންޓަރ އިފްތިތާހު ކޮށްދެއްވައިފި
ޚަބަރު

ހުޅުމާލެ ޑަޔަލަސިސް ސެންޓަރ އިފްތިތާހު ކޮށްދެއްވައިފި

ހިރި ނިއުސްހިރި ނިއުސް27 ޖުލައި 2025
ކިޑްނީ ބަލިތަކުގެ ޑަޔަލިސިސް ޚިދުމަތަށް ޚާއްސަކޮށް ހުޅުވި ހުޅުމާލެ ޑަޔަލަސިސް ސެންޓަރު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް މިއަދު އިފުތިތާހުކޮށްދެއްވައިފިއެވެ. މި ހަފުލާ އޮތީ އޮރެންޖް ހިޔާ ބިލްޑިންގގައެވެ. މި ހަފުލާގައި ހުޅުމާލެ ޑަޔަލިސިސް ސެންޓަރ އިފުތިތާހުކުރުމުގެ ކުރިން، އައު ޢިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައިވެއެވެ. ޑަޔަލިސިސް ސެންޓަރު ރަސްމީކޮށް އިފްތިތާހް ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރު ބައްލަވާލައްވާފައެވެ. މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން ރާއްޖެއިން ބޭރަށް ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދުމަށްދާ ފަރާތްތަކަށް ރާއްޖެއިން ޚިދުމަތްދިނުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. ޖުމްލަ 30 އެނދާއެކު ހުޅުވި މި ސެންޓަރުގެ ސަބަބުން ކިޑްނީ ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ގިނަ ލުއިތަކެއް ލިބިގެންދާނެއެވެ. ޞިއްޙީ ޚިދުމަތް ހޯދަން، ރާއްޖެއިން ބޭރަށް ދިވެހި ރައްޔިތުން ދާންޖެހޭ މައްސަލައަށް ހައްލުހޯދައި، އެކަން ނިމުމަކަށް ގެނައުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ހާސިލުކުރުމަން އަމާޒުހިފާފައިވާ ލަނޑުދަނޑިއެކެވެ. މިގޮތުން މިހާރުވެސް، ޞިއްޙީ ދާއިރާގެ 400 މިލިއަން ރުފިޔާއަށްވުރެ ގިނަ، މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. ޚަބަރާއި ފޮޓޯ ރައީސް އޮފީސް

ގުޅުންހުރި ޚަބަރު