ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަަރާލައިފި
ޚަބަރު

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަަރާލައިފި

މމުހައްމަދު އަލީ28 ޖުލައި 2025
ތޫނުއެއްޗަކުން މީހަކަށް ހަމަލާދީ މަރާލައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ލ. މާވަށުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:12 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަނިވި މީހާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. ނިޔާވެފައިވަނީ ލ. މާވަށު. ނަލަހިޔާ، މޫސާ އިބްރާހީމް (29) ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އޭނާ މަރުވެފައިވަނީ މާރާމާރީއެއްގެ ތެރެއިން ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. މިކަމުގެ ތުހުމަތުގައި ފުލުހުންވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، މުހައްމަދު އިބްރާހީމް (29) ހައްޔަރު ކޮށްފައެވެ. ފުލުހުން ދަނީ މިމައްސަލަ ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު