ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ދިވެހިރާއްޖެއާއި ސްރީލަންކާއިން މުއާހަދާއެއްގައި ސޮއިކުރައްވައިފި
ޚަބަރު

ދިވެހިރާއްޖެއާއި ސްރީލަންކާއިން މުއާހަދާއެއްގައި ސޮއިކުރައްވައިފި

ހިރި ނިއުސްހިރި ނިއުސް29 ޖުލައި 2025
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގަންނަވައިފިއެވެ. މި ރަސްމިއްޔާތުގައި ސޮއިކުރައްވާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފޮރިން ސަރވިސް އިންސްޓިޓިއުޓް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަލް ޑިޕްލޮމެޓިކް ޓްރޭނިންގ އިންސްޓިޓިއުޓް އާއި ދެމެދު ވެވޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ޑިޕްލޮމެޓިކް ޓްރޭނިންގ އެންޑް އެކްސްޗޭންޖް އޮފް އިންފޮމޭޝަން އެންޑް ޑޮކިއުމަންޓްސް ގައެވެ. މިއެއްބަސްވުމުގެ ދަށުން، ދެޤައުމުން ގުޅިގެން ޑިޕްލޮމެޓުން ތަމްރީނުކުރުމާއި، މަޢުލޫމާތު ހިއްސާކުރުމާއި، އިދާރީ ވަސީލަތްތަކާއި ޑޮކިއުމެންޓޭޝަންގެ ދާއިރާއިން ގުޅުން ބަދަހިކުރެވިގެންދާނެއެވެ. މީގެ އިތުރުން ދެޤައުމުގެ މެދުގައި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މައްޗަށް ވެވޭ މުއާހަދާއެއްގައިވެސް މިއަދު ސޮއިކުރައްވާފައިވެއެވެ. ކެބިނެޓުން ފާސްކޮށްފައިވާ މިމުއާހަދާގެ ދަށުން، ޖިނާޢީ މައްސަލަތަކުގައި އެއްބާރުލުން ދިނުމާއި، ދަޢުވާކުރުމާއި، ހެއްކާއި މަޢުލޫމާތު ހިއްސާކުރުން ފުޅާކުރެވިގެންދާނެއެވެ. މިއެއްބަސްވުމާއި މުއާހަދާއަކީ ޑިޕްލޮމަސީ އާއި ޤާނޫނީ ދާއިރާތަކުގެ ޒަރީއާއިން ދެޤައުމުގެ ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ. ޚަބަރާއި ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު