ދިވެހި|English 9 ޖުލައި 2026 · 04:29
Top banner
Advertisement
މޮރޮކޯގެ ޚާރިޖީވަޒީރަށް ތަހުނިޔާ
ޚަބަރު

މޮރޮކޯގެ ޚާރިޖީވަޒީރަށް ތަހުނިޔާ

ހިރި ނިއުސްހިރި ނިއުސް30 ޖުލައި 2025
މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާ ފޮނުއްވައިފި ކަމަށް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރުގެ މެސެޖުގައި ވިދާޅުވެފައިވަނީ "މޮރޮކޯގެ ތުރޯން ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން މަނިކުފާނަށާއި މޮރޮކޯގެ ސަރުކާރަށް އަދި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަމެވެ." ވަޒީރު ވިދާޅުވެފައިވަނީ ދިވެހިރާއްޖެއާއި މޮރޮކޯގެ ގުޅުމަކީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، އެއްގޮތް ޘަޤާފަތާއި ތާރީޚުގެ ތެރޭގައި ގުޅިފައިވާ ދެމެހެއްޓެނިވި އެކުވެރި ގުޅުމެއް ކަމަށެވެ. ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އަދި އެއްބާރުލުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް ޔަގީން ކުރައްވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. "މި ފުރުސަތުގައި، މަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތާއި މޮރޮކޯގެ ރައްޔިތުންނަށް އުފާފާގަތި މުސްތަޤުބަލަކަށް އެދެމެވެ". އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީމެވެ."  

ގުޅުންހުރި ޚަބަރު