ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފުރާނައަކަށް ދިރުން ހޯދައިދިނުމަކީ އިންސާނިއްޔަތަށް ދިރުން ދިނުން
ޚަބަރު

ފުރާނައަކަށް ދިރުން ހޯދައިދިނުމަކީ އިންސާނިއްޔަތަށް ދިރުން ދިނުން

މމުހައްމަދު އަލީ1 އޮގަސްޓު 2025
ރާއްޖެއާއި އެމެރިކާއިން ތިމާވެށީގެ ދާއިރާއިން އިންވެސްޓް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މިކަމަށް މަޝްވަރާ ކުރެއްވީ ރާއްޖޭގައި ހުންނަވާ އެމެރިކާގެ ސަފީރު ހަރ ޖަލާލަތު މިސްޓަރ ހޫގޯ ޔޯންއާއި، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް ޠާރިޤު އިބްރާހިމާ ދެބޭފުޅުން ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވަނީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވީ ތިމާވެށީގެ ދާއިރާއިންނާއި، ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ ދާއިރާއިން ކުރެވިދާނެ އިންވެސްޓްމަންޓްތަކާ ގުޅޭގޮތުން ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެފައިވެއެވެ. މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ދެފަރާތުންވެސް ވަނީ ހިތްހަމަޖެހުން ފާޅުކޮށްފައި ކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ. މަޝްވަރާ ކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި ތިމާވެށީގެ އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން ވަރުގަދަކުރުމާއި، ޚާއްސަކޮށް ސާފު ހަކަތަ އުފެއްދުމަށް ކުރެވޭ އިންވެސްޓްމަންޓްތައް ހިމެނެއެވެ. މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގައެވެ. ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ސޯލާ ހަކަތަ ފަދަ ސާފު ހަކަތައިގެ މަޝްރޫޢުތަކުގައި އިންވެސްޓްކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކުރައްވައިފައެވެ.  

ގުޅުންހުރި ޚަބަރު