ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކޮށްފި
ޚަބަރު

ކުޅިވަރު ވަޒީރުންގެ އަގު ވަޒަންކޮށްފި

މމުހައްމަދު އަލީ26 ޖުލައި 2025
ރާއްޖޭގެ ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ. އެ ގޮތުން، ކުރީގެ ކުޅިވަރު ވަޒީރުންގެ ހިދުމަތުގެ އަގުވަޒަންކުރެއްވުމުގެ މަސައްކަތް ފެށުމުގެ ގޮތުން، ރޭ ބޭއްވި އިވެންޓް ކުރިއަށްދިޔައީ ހެންވޭރު މީރުމާގަ އެވެ. އެ ގޮތުން، ކުރީގެ ވަޒީރުންގެ ގޮތުގައި ތިއްބަވައި، ކުޅިވަރަށް ހިދުމަތްކޮށްދެއްވި 13 ފަރާތެއްގެ މަސައްކަތުގެ އަގުވަޒަންކޮށްފައިވެއެވެ. އެ ބޭފުޅުންނަކީ، (ނ.ޢ.ޢވ) އަލްމަރްޙޫމް އުމަރު ޒާހިރު، ރާޝިދާ ޔޫސުފް، (ނ.ޢ.ޢވ) ޑރ. މުހައްމަދު ޒާހިރު ހުސައިން، އިބްރާހިމް ހުސައިން މަނިކު، ހުސައިން ހިލްމީ، މުހައްމަދު ވަޙީދުއްދީން، ޑރ. އައިޝަތު ޝިހާމް، ހަސަން ލަތީފް، މުހައްމަދު ހުސެއިން ޝަރީފް، މުޙައްމަދު މަލީހު ޖަމާލް، އަހުމަދު ޒުހޫރު، އިރުތިޝާމް އާދަމް އަދި، އަހުމަދު މަހުލޫފް އެވެ. މި ހަފްލާގައި މިހާރުގެ ކުޅިވަރު ވަޒީރު ރާފިއު ވިދާޅުވީ، ކުރީގެ އެތުލީޓުންނާއި ކުޅިވަރަށް އެކިއެކި ގޮތްގޮތުން، ހިދުމަތް ކޮށްދެއްވި، ފަރާތްތަކުގެ މަސައްކަތްތަކާއި ރާއްޖެ އަށް ކުޅިވަރުގެ ދާއިރާ އިން ލިބިފައިވާ ކާމިޔާބީތައް އަރުޝީފު ކުރެވި ކުރިއަށް އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ.  

ގުޅުންހުރި ޚަބަރު