ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ވޯކް އެންޑް ޓޯކް ހަރަކާތެއް ބާއްވައިފި
ޚަބަރު

ވޯކް އެންޑް ޓޯކް ހަރަކާތެއް ބާއްވައިފި

މމުހައްމަދު އަލީ4 އޮގަސްޓު 2025
ފ. އަތޮޅު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. މިއީ ކުށްމަދު އަމާން ވެއްޓެއް ގާއިމުކޮށް ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި ހަރަކާތެކެވެ. ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެތްދޫ އަދި ފީއަލީ ރައްޔިތުންނާ ބައްދަލުކޮށް ފުލުހުން ވަނީ ހިޔާލު ބަދަލުކުރުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ހަރާކާތް ހިންގައިފައެވެ. ޖުލައި 31ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށްރަށުގެ އެކި ސަރަހައްދުތަކުން ކުދިބޮޑު ރައްޔިތުންނާ ބައްދަލުކޮށް ފުލުހުންނާ މެދު ރައްޔިތުން ދެކޭގޮތާއި، މުސްތަގުބަލުގައި ފުލުހުންގެ ފަރާތުން ދެކެން ބޭނުންވާ ނުވަތަ ފެންނަން ބޭނުންވާ މަންޒަރު އެނގޭނޭހެން މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ތަފާތު ކުށްތަކުން ރައްކާތެރިވުމަށް އަބަދުވެސް ހޭލުންތެރިވެ ތިބުމަށާއި އާންމުކޮށް ރަށްރަށުގައި ހިނގާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން އޮޅުންފިލުވައިދީފައިވާނޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.  

ގުޅުންހުރި ޚަބަރު