ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ޚުދުމުޚްތާރު ވެރިކަމެއްގެ އަސާސީ ސިފައަކީ ނޫސްވެރިކަން ނެތިކޮށްލުން
ޚަބަރު

ޚުދުމުޚްތާރު ވެރިކަމެއްގެ އަސާސީ ސިފައަކީ ނޫސްވެރިކަން ނެތިކޮށްލުން

މމުހައްމަދު އަލީ19 އޮގަސްޓު 2025
ޚުދުމުޚްތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމާއި، އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ ޢިއްޒަތްތެރި މެމްބަރުންނަށް ގޮވާލައްވާ ކަމަށެވެ. ޝާހިދު ވިދާޅުވެފައިވަނީ ރައީސުލްޖުމުހޫރިއްޔާ ގެންދަވަނީ އެމަނިކުފާނު އައްޔަންކުރާ މެމްބަރުންތަކެއް ތިއްބަވައިގެން، އެމަނިކުފާނު އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަށް މަސައްކަތްކުރައްވަމުން ކަމަށެވެ. އެއީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވެފައެވެ. "ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް. އެއީ ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއް،" ޝާހިދު ވިދާޅުވެފައިވެއެވެ.  

ގުޅުންހުރި ޚަބަރު