ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ދަރަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށައިފި
ޚަބަރު

ދަރަވަންދޫގައި ޑައިލިސިސް ޚިދުމަތް ފަށައިފި

މމުހައްމަދު އަލީ23 އޮގަސްޓު 2025
ބ. އަތޮޅު ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ. އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާމެއެވެ. ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ.އަތޮޅުގައި ކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް ކޮންމެ ދުވަހަކު 4 ގަޑިއިރު ހޭދަވެއެވެ. އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ޑައިލިސިސް ޚިދުމަތް ހޯދުމަށް މާލެއަށް އަންނަން ޖެހޭ ޖެހުމަކީ ދަތިކަމަކަށްވެފައި، ޑައިލިސިސްގެ ފަރުވާ ބޭނުންވާ މީހުން ގިނަ ހިސާބުތައް ބެލުމަށްފަހު، އެ ތަންތަނުގައި އެ ޚިދުމަތް މި އަހަރު ފެށުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައި ކަމަށް ހެލްތުން ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު