ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
މާލޭގެ  ބައު އިމާރާތްތަކުގެ ލިސްޓެއް އެކުލަވާލައިފި
ޚަބަރު

މާލޭގެ ބައު އިމާރާތްތަކުގެ ލިސްޓެއް އެކުލަވާލައިފި

ހިރި ނިއުސްހިރި ނިއުސް21 އޮގަސްޓު 2025
މާލޭގައި، މީހުން ދިރިއުޅެން އެކަށީގެން ވާ މިންވަރަށް ވުރެ ބޮޑަށް، ބައުވެފައިވާ ޢިމާރާތުގެ ގޮތުގައި، މިހާތަނަށް ފާހަގަ ކުރެވިފައިވާ ޢިމާރާތް ތަކުގެ ލިސްޓެއް، މާލެ ސިޓީ ކައުންސިލުން އެކުލަވާލައިފި އެވެ. މާލެ ސިޓީ ކައުންސިލުން އެކުލަވާލި މި ލިސްޓުގައި، މާލޭގެ ހަތަރު އަވަށުން މި ހާތަނަށް ފާހަގަ ކުރެވިފައި ވަނީ ޖުމްލަ 25 އިމާރާތެކެވެ. އެ ގޮތުން ބާ ވެފައިވާ ޢިމާރާތްތައް އެންމެ ގިނައިން ހުރި ހޭންވޭރުގައި އެ ފަދަ 14 ޢިމާރާތް އެބަހުއްޓެވެ. ދެން އެންމެ ގިނަ ބާޢިމާރާތް ހުރި މާފަންނުގައި އެ ފަދަ 8 ޢިމާރާތް އެބަހުއްޓެވެ. އަދި ގަލޮޅުގައި ބާވެފައިވާ 7 އިމާރާތް ހުރިއިރު މައްޗަންގޯޅިގައި 5 އިމާރާތް އެބަހުއްޓެވެ. މާލޭގައި ބާ ޢިމާރާތުގެ ގޮތުގައި މިހާތަނަށް ފާހަގަ ކުރެވިފައިވާ ޢިމާރާތް ތަކުގެ ލިސްޓެއް، މާލެ ސިޓީ ކައުންސިލުން އެކުލަވާލުމާ ގުޅިގެން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ދާދި ފަހުން، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި، ސަލާހުއްދީން ބިލްޑިންގެ ބައެއް ވެއްޓި، ރައްޔިތުންގެ މުދާތަކަކަށް ގެއްލުންތަކެއްވެފައިވާ ކަމަށެވެ. އަދި މި ފަދަ ބާ ޢިމާރާތްތައް ތަޅައި، އެ ތަންތަން ސާފު ކޮށްދިނުމަށް، ޢިމާރާތުގެ ވެރިން، ކައުންސިލުގައި އެދެމުންދާ ކަމަށާއި، ނަވެސް ކައުންސިލްގައި އެ ކަން ކުރުމުގެ ފައިސާ އާއި ވަޞީލަތައް ނެތް ކަމަށެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، ޤާނޫނުގައި ބުނެފައިވާ ގޮތަށް، ބާވެފައިވާ އިމާރާތުގެ ވެރިފަރާތުގައި، އެ އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ޙާލަތުގައި، ސަރުކަރުން އެ ޢިމާރާތް ތަޅައިލުމަށް ފަހު، އެ ކަމަށް ހިނގި ޚަރުދު ހޯދުމަށް ޢިމާރާތުގެ ވެރި ފަރާތަށް ބިލް ހުށަހަޅަން ޖެހޭ ކަމަށެވެ. ބައެއްގެ ފުރާނަ މިކަމުން ގެއްލިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެއް ކަން ފާހަގަ ކުރާއްވައި މޭޔަރ ޢާޒިމް ވިދާޅުވީ، މި ކަމަށް ހައްލެއް ހޯދޭނެ ކަހަލަ ގާނޫނެއް ހަދައި ނުވަތަ، ނިޒާމެއް ކަނޑައަޅާފައި ބޭއްވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. މިއީ މި ގޮތަށް ދޫކޮށްލައިފައި ބެއްވޭ ވަރުގެ ކުޑަ ކަމެއް ނޫން ކަމަށް ތަކުރާރުކޮށް މޭޔަރ ވިދާޅުވި އެވެ. އަދި މިކަމާ ގުޅޭ ތަފްސީލީ ރިޕޯޓެއް ވެސް، ބުދަ ދުވަހު އޮތް މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 208 ވަނަ ޖަލްސާގައި ކައުންސިލަރުންނަށް، މޭޔަރ ޢާޒިމް ވަނީ ދެއްވައިފައެވެ. -ޚަބަރު މާލޭ ސިޓީ ކައުންސިލް  

ގުޅުންހުރި ޚަބަރު