ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އަމިއްލަ ފައިސާއިން ވިޔަފާރިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ޚަބަރު

އަމިއްލަ ފައިސާއިން ވިޔަފާރިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މމުހައްމަދު އަލީ14 ސެޕްޓެމްބަރު 2024
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރީގެ މުއާމަލާތް ކުރުމަށް ޑޮލަރުގެ ބަދަލުގައި ދެގައުމުގެ ފައިސާ ބޭނުންކުރުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ އެ އެމްއޯޔޫއަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމާއި އިންވެސްޓުކުރުން ފަސޭހަވާނެ ގޮތަށް ފައިސާގެ އޮނިގަނޑު ހަރުދަނާ ކޮށް، ދިވެހި ރުފިޔާ އިން ސީދާ އިންވެސްޓްމެންޓްތައްކޮށް، ކަރަންޓު އެކައުންޓުން ސެޓްލްމެންޓް ހެދުމަށް ބާރުއެޅުމަށްޓަކައި ރާއްޖެ ސަރުކާރުން ޕީޕަލްސް ބޭންކް އޮފް ޗައިނާ (ޕީބީއޯސީ)އާ އެކު ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ. "މި ފަހުމުނާމާގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު، ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ކުރުމަށް ފަސޭހަވެ، ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯޓްކުރުމަށް ފަސޭހަވެ، ދެ ގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރުވެގެން ދާނެ،" އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މިނިސްޓްރީން ވިދާޅުވީ މި އެމްއޯޔޫގައި ސޮއިކޮށްފައިވަނީ، ރައީސް މުހައްމަދު މުއިއްޒު މިއަހަރު ޖެނުއަރީގައި ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ދެގައުމުގެ ގުޅުން ރަނގަޅުކުރެވިފައިވާތީ ކަމަށެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވެ އެވެ. އަދި މިވަގުތު، ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. މިދިޔަ ހަފްތާގެ ނިޔަލަށް ޗައިނާއިން މިއަހަރު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ 200،000 އަށްވުރެ އިތުރުވެފައެވެ. ރާއްޖޭގެ އިގުތިސާދާއި އަދި މާލީ ހާލަތު ނާޒުކު ފައްތަރެއްގައި އޮތް އިރު، ހާއްސަކޮށް ބޭރު ފައިސާއަށް އޮތް ޑިމާންޑު ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، ޗައިނާގެ އިތުރުން ރާއްޖޭން އެންމެ ގިނައިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އިންޑިއާ އާ އެކު ވެސް ރުފިޔާ އިން މުއާމަލާތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސަން މަޝްވަރާތައް ފަށައިފައިވާ ކަމަށް ސަރުކާރުން ކުރިން ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު