ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި
ޚަބަރު

ރައީސްގެ ދެކަނބަލުން އުތީމަށް ވަޑައިގެންފި

ހިރި ނިއުސްހިރި ނިއުސް24 އޮގަސްޓު 2025
ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ތިލަދުންމަތީ އުތުރުބުރީ އުތީމަށް ވަޑައިގެންފިއެވެ. މި އަހަރާއި އަންނަ އަހަރު، ޤައުމީ ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރެއްވުމުގެ ހަކަރާތްތައް އުތީމުގައި ކުރިއަށްގެންދެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ވަޑައިގަތުމުން، އުތީމު ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުތީމަށް ކުރައްވާ މި ޒިޔާރަތުގައި ޤައުމީ ދުވަހާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ގޮތުން، ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށް މިއަދު ހެނދުނު، ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާ، އެ މަނިކުފާނު އަޅުއްވައިދެއްވާނެއެވެ. އަދި އެއަށްފަހު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއަދުގެ ޖަލްސާގައި އުތީމު ރައްޔިތުންނަށް، ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޝަރަފު އަރުވާނެއެވެ. އަދި ދިވެހި ދަޢުލަތުގެ ޢިއްޒަތް އެރުވުމާއި، ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް މި ޖަލްސާގައި ކުރިއަށްގެންދަވާނެއެވެ. އުތީމަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ތިލަދުންމަތީ ދެކުނުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ޚަބަރާއިފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު