ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނާއިބަކަށް ރާއްޖެ
ޚަބަރު

އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނާއިބަކަށް ރާއްޖެ

ޟޟަމްރަތު އަހްމަދު26 އޮގަސްޓު 2025
އެކުވެރި ދައުލަތްތަކުގެ (އދ) އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ ނާއިބު ރައީސް ގެ މަޤާމަށް މިއަދު ދިވެހިރާއްޖެ އިންތިޚާބު ވެއްޖެ އެވެ. މިކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެފައިވަނީ މިއީ ދިވެހި އެންމެހާ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަޚުރަކާއި ކާމިޔާބީއެއް ކަމުގައެވެ. މި މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމާއެކު، އެ މަޤާމުގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރައްވާނީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތުގެ އޮފީސްތަކަށް ދިވެހި ދައުލަތުން ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ. "މި މަޤާމަށް ދިވެހިރާއްޖެ އިންތިޚާބުވުމުން ދައްކުވައި ދެނީ އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ޙިމާޔަތް ކުރުމުގައި ދިވެހިރާއްޖެ ހޯދާފައިވާ ކުރިއެރުންތަކެވެ. އަދި ހަމައެހެންމެ ދިވެހިންނާއި ދިވެހިރާއްޖޭގެ މަސްލަހަތުތައް ބައިނަލްއަގުވާމީ މައިދާނުގައި ރައްކާތެރި ކުރުމާއި ކުރިއެރުވުމުގައި ރައީސް ޑރ މުއިއްޒުގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހަރުދަނާ ކަމެވެ."  

ގުޅުންހުރި ޚަބަރު