ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވަނީ ގާބިލުކަމެއްނެތް މީހުން: ރައީސް ޔާމީން
ޚަބަރު

ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވަނީ ގާބިލުކަމެއްނެތް މީހުން: ރައީސް ޔާމީން

މމުހައްމަދު އަލީ14 ސެޕްޓެމްބަރު 2024
ސަރުކާރުގެ ސިޔާސީ މަގާމުތަކަށާއި އެމްބަސީތަކުގެ ވަޒީފާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވަނީ އެމަގާމްތަކަށް އެކަށީގެންނުވާ މީހުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ރައީސް މުއިއްޒު، ވައުދުފުޅުވެވަޑައިގެންފައިވަނީ އިލްމީ އަދި ގާބިލް ކެބިނެޓެއް އެކުލަވައިލައި ސިޔާސީ މަގާމުތަކަށް ވެސް އެފަދަ ގާބިލް ބޭފުޅުން އައްޔަން ކުރެއްވުމަށް ކަމަށެވެ. އެހެންނަމަވެސް ފެންނަނީ އޭގެ އިދިކޮޅަށް ކަންކަން ވަމުންދާ މަންޒަރު ކަމަށް ރައީސް ޔާމީމް ވިދާޅުވިއެވެ. "މިއީ ދުނިޔޭގައި ކެރިއަ މީހުންނާއެކު ވާހަކަދައްކަން ދިވެހިރާއްޖޭގެ މޫނު ބަލާ ލޯގަނޑުގެ ގޮތުގައި ފޮނުވާ މީހުންނަކީ،" ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ކެބިނެޓުގައި ރަނގަޅު ބޭފުޅުންވެސް އެބަތިއްބެވި ކަމަށެވެ. އެހެންނަމަވެސް ބައެއް ބޭފުޅުންނަކީ އިނގިރޭސިބަހުން ވާހަކަދައްކަވަން އެނގިވަޑައިނުގަންނަވާ ބޭފުޅުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެފަދަ ބޭފުޅުން ވާހަކަފުޅުދެއްކެވުމުން ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހެނީ ލަދުވެތިކަމާ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ކަންބޮޑުވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު