ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ވައިކަރަދޫގައިއަޅަނީ
ޚަބަރު

ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ވައިކަރަދޫގައިއަޅަނީ

މމުހައްމަދު އަލީ27 އޮގަސްޓު 2025
އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހދ. ވައިކަރަދޫގައި އަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ، މިއަދު ވައިކަރަދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައެވެ. އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި ޤުރުއާނަށް ލޯބިކުރާ، އަދި ރީތިކޮށް ޤުރުއާންކިޔަވާ ޤާރީން ގިނަކަމަށެވެ. މިއަދުގެ ރަސްމިއްޔާތުގައި ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި، ބަނދަރުގެ މަސައްކަތް ނިމިގެންދާނީ، މޫދަށް އެރޭނެ ސަރަހައްދަކާއި އެކު، މިހާރު ބަނދަރުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަޤީންކަން އެ މަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ. އެމަނިކުފާނު ވަނީ، އެރަށު ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަސައްކަތް ނުނިމި ގިނަ އަހަރުތަކެއް ހޭދެވެފައިވާކަމަށް ވިދާޅުވެފައެވެ. މިއަހަރު އެ މަސައްކަތް އެއްކޮށް ނިންމަވައި، އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ކްލާސްރޫމް ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން ވެސް ރައީސް ދެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ އިސްކަމެއްދެއްވައިގެން އިންޖީނުގެ ބަދަލުކުރަންޖެހޭ ރަށެއްގެ ގޮތުގައި ވައިކަރަދޫ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ. ވައިކަރަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުން ގިނަނަމަވެސް، މުދާފެރީ ދަތުރުކުރުމަށް އޮންނަ ރޫޓްގެ ސަބަބުން ދަނޑުވެރިންނަށް އެކަމުގެ ގެއްލުންވަމުންދާތީ، އެކަން ހައްލުކުރެއްވުމުގެ ގޮތުން މުދާފެރީ އެރަށުން ފުރާގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނުވަނީ ރައްޔިތުންނަށް ދެއްވާފައެވެ. މީގެއިތުރުން މިއަހަރާއި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، ވައިކަރަދޫގެ ތަރައްޤީއަށް އެކި ދާއިރާތަކުން، ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންނަށް ދެއްވާފައެވެ. ަ

ގުޅުންހުރި ޚަބަރު