ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި
ޚަބަރު

އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ14 ސެޕްޓެމްބަރު 2024
ސެޕްޓެމްބަރު އެގާރަ ވަނަދުވަހު ހެނދުނުގެ ވަގުތެއްގައި މީހެއްގެ އަތުން ފޭރުނު މީހަކު ހައްރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެމީހާ ފޭރިގެންފައިވަނީ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުންކަމަށެވެ. އެމީހާގެ ވޮލެޓާއި މޯބައިލް ފޯނެއް ފޭރިގެންފައިވެއެވެ. މިއަމަލު ހިންގާފައިވަނީ ރ. އަލިފުށީ، ހަބީބީހެޕް، އިސްމާއީލް ސާއިފެވެ. އުމުރުން ނަވަތިރީސް އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓުން ފުލުހުންގެ މައްޗަށް ކުރި އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފޭރިގަތް ވަގުތު އޭނާ ދުއްވަމުންދިޔަ ސައިކަލަކީ ވަގަށް ނަގާފައިވާ އެއްޗެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އޭނާއާއެކު މި ސައިކަލްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަންހެން މީހާއަތުން އޭނާ ފޭރުނު ވޮލެޓާއި ފޯނު ވެސް ފުލުހުންވަނީ ހޯދައިފައެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު