ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިޒްރޭލުން ދޯހާއަށް ދިން ހަމަލާ ރައީސް ކުށްވެރިކޮށްފި
ޚަބަރު

އިޒްރޭލުން ދޯހާއަށް ދިން ހަމަލާ ރައީސް ކުށްވެރިކޮށްފި

ހިރި ނިއުސްހިރި ނިއުސް10 ސެޕްޓެމްބަރު 2025
ސްޓޭޓް އޮފް ޤަޠަރުގެ ވެރިރަށް، ދޯހާއަށް އިޒްރޭލުން ދިން ހަމަލާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިޒްރޭލުގެ މި ޢަމަލާއަކީ، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު، އަދި ކަނޑައެޅިގެން ޤަޠަރުގެ ސިޔާދަތާއި ސަރަޙައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި ޢަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ހަމަ މިއާއެކު، ދިވެހިރާއްޖެ ދެމިއޮތީ ޤަޠަރާ އެކުގައި ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ޤަވައިދުތަކާ ޚިލާފަށް، އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫޙެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށްވެސް ގޮވާލައްވާފައެވެ. ޚަބަރާއިފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު