ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ސާބަސްދެއްވައިފި
ޚަބަރު

ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސް ސާބަސްދެއްވައިފި

ހިރި ނިއުސްހިރި ނިއުސް10 ސެޕްޓެމްބަރު 2025
ސައުތު އޭޝިއަން ސުޕަރ ކަޕް 2025 ކާމިޔާބުކުރި ދިވެހިރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސާބަސްދެއްވައިފިއެވެ. މިއަދު ސްރީލަންކާގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވި ނަމަވެސް މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖެއަށް ލިބުނީ އެގްރެގޭޓް ނަތީޖާއިން ދިވެހި ޤައުމީ ޓީމު ކުރިހޯދާފައިވާތީއެވެ. މިކަމާ އުފާފާޅުކުރައްވައި އެކްސްގައި ކުރެއްވި ތަހުނިޔާގެ ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓީމު ހޯދި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖޭގައި އިހު އޮތް ފުޓުބޯޅައިގެ ރޫޙު އާލާކޮށް، ފުޓުބޯޅަ އާއި އެ ނޫންވެސް ކުޅިވަރުތައް ކުރިއެރުވުމަކީ، މި ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ބިނާރު ޤާއިމުކުރެއްވުމުގެ މަސައްކަތް މި ސަރުކާރުން، ހަރު ދުވެލީގައި ގެންދަވަނީ ކުރައްވަމުންނެވެ. ޚަބަރު،ފޮޓޯ: ރައީސް އޮފީސް

ގުޅުންހުރި ޚަބަރު