ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ސީއެސްސީގެ ރައީސް އާއި ނާއިބު ރައީސަށް ކޮމިޓީން ރުހުންދީފި
ޚަބަރު

ސީއެސްސީގެ ރައީސް އާއި ނާއިބު ރައީސަށް ކޮމިޓީން ރުހުންދީފި

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ގޮތަށް، ސިވިލްސާވިސް ކޮމިޝަން (ސީއެއްސީގެ) ރައީސްކަމުގެ މަގާމާއި ނާއިބު ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މއ. ސިގްމާ/ މުހައްމަދު މުޖުތާޒް، ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ނާސިހު އައްޔަން ކުރުމަށެވެ. އެ ބޭފުޅުން އެމަގާމުތަކަށް އައްޔަން ކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ. ކޮމިޓީގެ މިއަދުގެ މައްދަލުވުމުގައި، ފުވައްމުލަކު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، އެ ދެމޭފުޅުންނަކީ، ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވީރު އެ ބޭފުޅުންގެ މައްސަލަތައް ބަލައި ކޮމިޓީން މީގެކުރިން ރުހުން ދީފައިވާ ބޭފުޅުން ކަަމަށެވެ. އެހެންކަމުން އިތުރު އިންޓަވިއުއަކާނުލައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިގޮތަށް އެ ދެބޭފުޅުންނަށް ރުހުންދޭން ކޮމިޓީން ފާސްކުރަން ހުށަހަޅުއްވާކަަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު ހުށަނގު ދާއިރާގެ މެންބަރު އަލީ އިބްހީމްއެވެ. ކޮމޮޓީން އެގޮތަށް ފާސްކޮށް އެ މައްސަލައާމެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ކޮމިޓީން މަޖިލިސް ތަޅުމަށް އެ މައްސަލަ ވަނީ ފޮނުވައިފައެވެ.

ގުޅުންހުރި ޚަބަރު