ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެގާރަ ބިދޭސީއަކު އަތުލައިގެންފި
ޚަބަރު

އެގާރަ ބިދޭސީއަކު އަތުލައިގެންފި

މމުހައްމަދު އަލީ16 ސެޕްޓެމްބަރު 2025
ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 11 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި ކަމަށް އެ އިދާރާއިން ބުނެފިއެވެ. އެމީހުން އަތުލައިގަތީ ހީނާމާގޭ ޕާކިން ސަރަޙައްދުންނެވެ. މި ބިދޭސީން ހައްޔަރުކޮށްފައިވަނީ މިމަހު ސާދަވަނަދުވަހު އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 19 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިއަ 11 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާ މީހަކު ވެސް ހިމެނެއެވެ. އިމިގްރޭޝަނުން މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައިވެސް ހީނާމާގެ ޕާކިން ސަރަހައްދަށް އަމާޒުކޮށްގެން ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އެ އޮޕަރޭޝަނުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 17 ބިދޭސީން ހައްޔަރުކޮށްފަވާއިރު ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން މި އަހަރުގެ މާޗް މަހުގެ ތެރޭގައިވެސް އެ ސަރަހައްދުން ހައްޔަރުކޮށްފައިވެއެވެ. އިމިގްރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާ ފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ. ބިދޭސީން ދިރިއުޅޭ ގެތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް އިމިގްރޭޝަނުން ފަށާފައިވާއިރު، ޤަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، ސައްޙަ ވިސާ ނެތި އުޅެމުންދާ ބިދޭސީން ދެނެގަތުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް އަންނަނީ ހިންގަމުންނެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ސަރުކާރުން ވަނީ ފުޅާކޮށްފައެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.  

ގުޅުންހުރި ޚަބަރު