ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނޫސްވެރިންގެ ޕެޓިޝަން އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފި
ޚަބަރު

ނޫސްވެރިންގެ ޕެޓިޝަން އިތުރަށް ކުރިއަށް ނުގެންދަން ނިންމައިފި

ޟޟަމްރަތު އަހްމަދު16 ސެޕްޓެމްބަރު 2025
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" މަޖިލީހުން ބިލް ބޭރުކުރުމަށް އެދި ނޫސްވެރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަން، އިތުރަށް ކުރިއަށް ނުގެންދަން ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ. ޕެޓިޝަނާބެހޭ ގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމައު އަލީ ވިދާޅުވީ، ޕެޓިޝަންގައި ނޫސްވެރިން ފާހަގަ ކޮށްފައިވާ، ފަސްނުކުތާގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމުގެ ޔަގީންކަން މިނިވަން މުއަައްސަސާތަކުގެ ކޮމިޓީން ދީފައިވާކަމަށެވެ. ޕެޓިޝަންގައި އެ ބިލް މަޖިލީހުން ބޭރުކުރުމަށް ނޫސްވެރިން އެދިފައިވާތީ އޭނާ ވިދާޅުވީ، ބިލް ބޭރުކުރުމަކީ ކޮމިޓީއަށް ލިބިގެންވާ ބާރެއްނޫން ކަމަށެވެ. އޭނާ ވިދާޅުވީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ބިލް ފާސްކުރިއިރު، އެ ޕެޓިޝަންގައި ފާހަގަ ކޮށްފައިވާ ފަސް ޕޮއިންޓަށް ރިއާޔަތްކޮށްފައިވާކަމަށް އެ ކޮމިޓީން ޖަވާބު ދީފައިވާކަމަށެވެ. އެހެންކަމުން އެކަމާބެހޭގޮތުން ޕެޓިޝަން ކޮމިޓީގެ ނިންމުން ހުށަހަޅުއްވަމުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒު ވިދާޅުވީ، އެ ބިލްގައި ހިމެނޭކަމަށް ޕެޓިޝަންގައި ނޫސްވެރިން ފާހަގަ ކޮށްފައިވާ ކަންބޮޑުވުންތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހައްލު ހޯދައިދީފައިވާކަމަށް އެ ކޮމިޓީން އަންގާފައިވާތީ، ޕެޓިޝަންގެ މަސައްކަތް ކޮމިޓީގައި އިތުރަށް ކުރިއަށް ނުގެންދަން ނިންމާ ކަމަށެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނެވެ. އެނިންމުން ފާސްކުރީ ކޮމިީގައި ތިއްބެވި ހަތް މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެނިންމުން ފާސްނުކުރަން އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

ގުޅުންހުރި ޚަބަރު