ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ސްކޭމް މައްސަލަތަކާ ގުޅޭ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ޚަބަރު

ސްކޭމް މައްސަލަތަކާ ގުޅޭ ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ޟޟަމްރަތު އަހްމަދު17 ސެޕްޓެމްބަރު 2025
ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި ހުށަހެޅި ސްކޭމް މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ އާއި ޑޮލަރުގެ ތެރެއިން -/2،515،484.13ރ އާއި 31،9737 ޔޫއެސް ޑޮލަރު ތަހުގީގުގެ ތެރެއިން އަނބުރާ ހޯދިފައިވާކަމަށްވެސް ފުލުހުން ބުނެވިއެވެ. ފުލުހުން ބުނީ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ހުށަހެޅުނު މައްސަލަތަކުގައި ޖުމުލަ -/11،040،491.28ރ އަދި 138،060.85 ޔޫއެސް.ޑޮލަރުގެ ގެއްލުން ހިމެނޭކަމަށެވެ. އެގޮތުން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެންޓި-ސްކޭމް ސެންޓަރަށް، ތަފާތު އެކި ބާވަތްތަކުގެ ސްކޭމްގެ 1059 މައްސަލަ ރިޕޯޓުކޮށްފައިވާކަމަށް ފުުލުހުންގެ އިދާރާއިން ބުންޏެވެ. ފުލުހުން ބުނީ މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަކަމަށެވެ. އެފަދަ 491 މައްސަލަ ހުށަހަޅާފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލަ އާއި، އެހެން މީހެއްގެ ގޮތުގައި ދެއްކުމުގެ (އިމްޕަރސަނޭޝަން) 130 މައްސަލައިގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ އާއި ސްކޭމްގެ އެހެނިހެން ބާވަތްތަކުގެ މައްސަލަ ރިޕޯޓުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރިޕޯޓުކުރެވުނު މައްސަލަތަކުގެ ޑިމޮގްރަފިކްސް ދައްކާ ގޮތުން އޭގެ ތެރޭގައި މަނީ މިއުލްސްގެ ގޮތުގައި 328 އަންހެނުންނާއި، 1525 ފިރިހެނުން ހިމެނޭ ކަމަށެވެ. ސްކޭމްގެ ޝިކާރައަކަށްވެފައިވާ 627 އަންހެނުންނާއި 1305 ފިރިހެނުން ހިމެނޭ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ފަސްތަނެއް ބަލައިފާސްކޮށްފައިވާއިރު ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުންބުންޏެވެ. އަދި ފަސް މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ފޮނުވާފައިވާއިރު، ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ފިޔަވަޅު އެޅުނު އެކައުންޓުތަކުގެ ތަފާސްހިސާބަށް ބަލާއިރު ކޯޓު އަމުރުގެ ދަށުން 453 އެކައުންޓް ފްރީޒްކޮށް، 1897 އެކައުންޓް 48 ގަޑިއިރަށް ހިފަހައްޓާފައިވާކަމަށްވެސް ފުލުން ބުންޏެވެ.

ގުޅުންހުރި ޚަބަރު