ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ފަލާހު، ހުޅުމާލޭން 28 މިލިއަނަށް ބިމެއް ގަނެފި
ޚަބަރު

ފަލާހު، ހުޅުމާލޭން 28 މިލިއަނަށް ބިމެއް ގަނެފި

މމުހައްމަދު އަލީ17 ސެޕްޓެމްބަރު 2025
ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ހުޅުމާލޭން 28،782،000 މިލިއަން ރުފިޔާއަށް ބިމެއް ގަނެފިއެވެ. އޭނާ މި ބިން ގަނެފައިވަނީ ހުޅުމާލެ ފޭސް ދޭކުންނެވެ. އޭނާ ގަނެފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 3،250 އަކަފޫޓުގެ 22173 އެވެކިޔުނު ބިމެވެ. އެ ބިމުގެ މިލްކުވެރި ފަރާތަކީ ފަލާހުކަމަށް ކަނޑައަޅައި ދިނުމަށް އެދި އެޗްޑީސީން، ސިވިލް ކޯޓަށް ހުށަހެޅީ މި އަހަރުގެ އޮގަސްޓު މަހުގެ ތިންވަނަ ދުވަހުގައެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިންމި ގަޒިއްޔާގައި ފާހަގަކޮށްފައިވަނީ ބިމުގެ އަގުކަމުގައިވާ 26،650،000 ރުފިޔާއާއި ގޯތީގެ އަގުގެ ޖީއެސްޓީ ގޮތުގައި ދައްކަން ޖެހޭ 2،132،000 ރުފިޔާ، ފަލާހު ދައްކައި ހަލާސްކޮށްފައިވާކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ. އެެހެންވެ އެ ބިމުގެ މިލްކުވެރި ފަރާތަކީ ފަލާހުކަމަށް ސިވިލް ކޯޓުންވަނީ ހުކުމްކޮށްފައެވެ.

ގުޅުންހުރި ޚަބަރު