ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަ މުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ޚަބަރު

ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަ މުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މމުހައްމަދު އަލީ18 ސެޕްޓެމްބަރު 2025

އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ އުފުލަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ މީހަކު އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

އެއީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖެކެވެ. ފުލުހުން ބުނީ ނޯތު ސެންޓަރަލް ޕޮލިސްގައި ހިމެނޭ ރަށެއްގައި، އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް މިދިޔަ އާދިއްތަ ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތަށް، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ހައްޔަރުކުރި ފިރިހެން މީހާއަކީ ކުށުގެ ރެކޯޑު އޮތް މީހެކެވެ. ފުލުހުހުން ބުނި ގޮތުގައި އިތުރު މައްސަލައެއްގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވަނީ ފޮނުވައިފަ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ނުބުނެ އެވެ.

ގުޅުންހުރި ޚަބަރު