ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކެޔޮދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް
ޚަބަރު

ކެޔޮދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އެމްޓީސީސީއަށް

މމުހައްމަދު އަލީ20 ސެޕްޓެމްބަރު 2025
ވ. ކެޔޮދޫގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވަލުކޮށްފިއެވެ. ކެޔޮދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު ކެޔޮދުއަށް ވަޑައިގެން އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމްޓީސީސީގެ ފަރާތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. ހެލްތު މިނިސްޓްރޫގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ. ކެޔޮދޫ އާ ސިއްހީ މަރުކަޒު އިމާރާތްކުރަނީ 17،180 ފޫޓުގެ ސަރަަހައްދެއްގައެވެ. ޖުމުލަ 29.89 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 720 ދުވަހުން ނިންމައި ހަވާލުކުރާގޮތަށެވެ. "917 މީހުންގެ އާބާދީއެއް އޮންނަ ކެޔޮދޫ ސިއްހީ މަރުކަޒުގެ އަލަށް ހަދާ އިމާރާތުގެ މަސައްކަތް ފުރިހަމަވުމާއެކު، މި ރަށުން ލިބިގެންދާ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، މުޅި ރަށުގެ އާބާދީއަށް ފާހަގަކުރެވޭ ހެޔޮ ފައިދާތަކެއް ކުރާނެ. މިކަމުގެ ސަބަބުން ސިއްހީ މަރުކަޒަށް ހިދުމަތް ލިބިގަންނަންދާ ފަރާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބޭނެ،" އެމްޓީސީސީން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން ކުރުމަށް ނިންމާފައިވާ މަސައްކަތްތައް: ބިންގަނޑު ކޮނުމާއި މޭޝަނަރީ އަދި ކޮންކްރީޓުގެ މަސައްކަތްތައް. ޓައިލްސްޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުން.ދަވާދުލުމާއި ދަނގަޑުގެ މަސައްކަތްތައް. ހައިޑްރޯލިކްސް އަދި ޑްރޭނިންގެ މަސައްކަތްތައް. ކަރަންޓު ވަޔަރުކުރުމާއި މެޑިކަލް ގޭސް ސިސްޓަމް ހަރުކުރުން. އެއާކޮންޑިޝަން މަސައްކަތާއި އަލިފާން ނިއްވާ ނިޒާމު ހަރުކުރުމުގެ މަސައްކަތްތައް.

ގުޅުންހުރި ޚަބަރު