ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަބަބު ހާމަކޮށްފި
ޚަބަރު

ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަބަބު ހާމަކޮށްފި

މމުހައްމަދު އަލީ21 ސެޕްޓެމްބަރު 2025
ހޮނިހިރު ދުވަހުގެރޭ ދަންވަރު 3:30 ހާއިރު، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް އަދި ހިޔާގެ ބައެއް ޓަވަރުތަކުންނާއި، އެމްޕީއެލް ޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ، ސަބްސްޓޭޝަނަކަށް ބަޔަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ނެޓްވޯކް ފީޑާރގެ ބައެއް އޮފްވެގެން  ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ މިކަމާއި ގުޅިގެން މެދުކެނޑުނު ކަރަންޓުގެ ހިދުމަތް އަނބުރާ ދެވިފައިވަނީ ފަތިހު 4:56 ހާއިރު ކަމަށެވެ. "މިދެންނެވި ސަބްސްޓޭޝަނަށް ގެއްލުންދިން މައްސަލަ ކަމާ ބެހޭ ފަރާތަށް ހުށައަޅާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މިކުންފުނިންދަނީ މަސައްކަތްކުރަމުންނެވެ." ސްޓެލްކޯއިން ބުނެފައިވެއެވެ. މުޖުތަމަޢުގެ ގިނަ ބަޔަކަށް ތަކުލީފަކަށްވާ، އަދި އަމިއްލަ ފުރާނައަށްވެސް ނުރައްކާތެރި މިފަދަ އަމަލުތައް ހިންގާ  ފަރާތްތަށް  ހުއްޓުވުމަށާއި، ތަކުރާރުވިޔަ ނުދިނުމަށްޓަކައި،  މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން ގެންދިއުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އިލްތިމާސެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ހާދިސާގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ނިހާޔަތަށް މަޢާފަށް އެދޭ ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު