ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު
ޚަބަރު

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު

މމުހައްމަދު އަލީ25 ސެޕްޓެމްބަރު 2025
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަންކޮށްފިއެވެ. މިއަދު ފަނޑިޔާރު ކަމަށް އޭނާ އައްޔަންކުރިކަން ސުޕްރީމް ކޯޓުގެ ރަސްމީ އެކްސް އެކައުންޓުން ވަނީ އިއުލާނުކޮށް މަރުހަބާ ކިޔާފަ އެވެ. ހައިކޯޓުގެ ފަނޑިޔާރުކަަމަށް މާހިރު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމީ މިއަދު ހެދުނު ބޭއްވި ބައްދަލުވުމެއްގަ އެވެ. ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވައިލީ އެ ކޯޓަށް އައްޔަނުކުރަން އެ ކޮމިޝަނުން ފާސްކުރި މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދަން އަމިއްލައަށް ހުށަހެޅުމުންނެވެ. އެ ފުރުސަތުގައި ނުވަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. ޖުމުލަ 11 ފަނޑިޔާރުން ތިއްބަވާ ހައިކޯޓުގައި މިވަގުތު ތިއްބެވީ 10 ފަނޑިޔާރުންނެވެ. އެ ކޯޓުގެ ފަނޑިޔާރުކަމަށް އެންމެފަހުން އައްޔަނު ކުރީ ސިވިލް ކޯޓުގެ ފަނޑިޔާރު، އަބްދުﷲ ޖަމީލެވެ. މިއަދު ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި އިބްރާހީމް މާހިރަކީ ގަތަރު ޔުނިވަރސިޓީއިން ޝަރީއަތާ ގާނޫނުގެ ރޮނގުން ބެޗެލާސް ޑިގްރީ އަދި ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީއާ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ފަނޑިޔާރުކަމުގައި 18 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކުރައްވާފައިވާއިރު، 2005 ނޮވެންބަރު 09 އިން 2008 ސެޕްޓެންބަރު 03 ވަނަ ދުވަހާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން އަދި 2010 ޖަނަވަރީ 19 އިން ފެށިގެން ފެމެލީ ކޯޓުގެ ގާސީގެ މަގާމް އަދާކުރައްވާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރުމަށް ކޮމިޝަނުން ނިންމެވިއިރު އިބްރާހީމް މާހިރު ހުންނެވީ ފެމެލީ ކޯޓުގެ އިސްގާޒީގެ މަގާމުގައެވެ. ފެމެލީ ކޯޓުގެ އިސްގާޒީކަމަށް އިބްރާހީމް މާހިރު އައްޔަންކޮށްފައިވަނީ 2022 އޮކްޓޫބަރު 23 ވަނަ ދުވަހުއެވެ.

ގުޅުންހުރި ޚަބަރު