ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ލިލީ ފިހާރައެއްގައި އަލިފާން ރޯވެއްޖެ
ޚަބަރު

ލިލީ ފިހާރައެއްގައި އަލިފާން ރޯވެއްޖެ

މމުހައްމަދު އަލީ28 ސެޕްޓެމްބަރު 2025
މާލޭ ބާޒާރުމަތީ ޑްރޯލް ކެފޭ ކައިރީގައި ހުންނަ ފިހާރައެއްގައި އަލިފާން ރޯވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަލިފާން ރޯވެފައިވަނީ "ލިލީ އެފްއެމްބީ ސަޕްލަޔާޒް 1 ބާޒާރު" ގައި ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރަށް ލިބުމާއެކު އަލިފާން ނިވުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެމްއެމްޑީއެފުން ވިދާޅުވީ އަދިވެސް އަލިފާން އެއްކޮށް ނިއްވާލެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް އަލިފާން ނިއްވުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް ކަމަށް ވިދާޅުވިއެވެ. މިހާދިސާ ހިންގަން މެދުވެރިވި ސަބަބެއްވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ. އަދި ލިބުނު ގެއްލުމެއްވެސް އެނގިފައެއް ނުވެއެވެ. މިހާދިސާގައި މީހަކަށް ވެސް އަނިޔާއެއް ލިބިފައިވާކަމެއް އަދި އެނގިފައެއް ނުވެއެވެ.  މިހާދިސާ ހިނގާފައިވަނީ ދަންވަރު އެކެއްޖަހާ އެހައިކަންހާއިރު އެވެ. ފޮޓޯތައް: އެމްއެންޑީއެފް

ގުޅުންހުރި ޚަބަރު