ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ނޮވެމްބަރުން ފެށިގެން މުސާރަ ބޮޑުވާނެ: ރައީސް
ޚަބަރު

ނޮވެމްބަރުން ފެށިގެން މުސާރަ ބޮޑުވާނެ: ރައީސް

މމުހައްމަދު އަލީ28 ސެޕްޓެމްބަރު 2025
މިއަހަރު ނޮވެމްބަރު އެކަކުން ފެށިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ "ޕޭ ހާމަނައިޒޭޝަން ގެ ތެރެއިން މިހާތަނަށް މުސާރަ ބޮޑުވެފައިނުވާ ސިވިލް ސާރވިސް ހުރިހާ މުވައްޒަފުންނާއި، ޖުޑިޝަރީގެ ހުރިހާ މުވައްޒަފުން އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަހަރު ނޮވެމްބަރު 1 ގައި ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި މި ފަރާތްތަކުގެ މުސާރަ މިއަހަރު ބޮޑުވެގެންދާނެ ކަމަށްވާނީ ދަންނަވާފައި ކަމަށެވެ. "އަދި ކުރިންވެސް ދަންނަވާފައިވާ ފަދައިން، މިއަހަރު މުސާރަ ބޮޑު ނުވާ ހުރިހާ މުއައްސަސާތަކެއްގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ގައި ބޮޑުވެގެންދާނެ،"

ގުޅުންހުރި ޚަބަރު