ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އޮކްޓޯބަރު ތިނެއްގައި މާލޭ މަގުތައް ފުރާލާނެ: ފައްޔާޒު
ޚަބަރު

އޮކްޓޯބަރު ތިނެއްގައި މާލޭ މަގުތައް ފުރާލާނެ: ފައްޔާޒު

މމުހައްމަދު އަލީ28 ސެޕްޓެމްބަރު 2025
ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް އޮކްޓޯބަރު ތިނެއްގައި ރައްޔިތުން ނުކުމެ މާލޭގެ މަގުތައް ފުރާލާނޭ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މުދާވެރިކަން ލިބޭތޯ ސުދާރާ ގުދުވެގެން އޮވެ ނިޔާޒީ ކިތަންމެ ރިޕޯޓެއް ނެރުނަސް، ކިތަންމެ ހަރާމް ހުކުމެއް ޖެހިޔަސް، އޮކްޓޯބަރު 3 ގައި މާލޭގެ މަގުތައް ރައްޔިތުން ފުރާލާނެ،" ކަމަށެވެ. ކިތަންމެ ރިޕޯޓެއް ނެރުނަސް މި ސަރުކާރު ފަސާދަ ނުވާ ކަމަކަށް ވެސް ނުވާނޭ ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ. ޓިނު ޖަހައި ބަންދުކުރިޔަސް ޖުމްހޫރީ މައިދާނަކީ ހުރިހާ ދިވެހިންނަށް ވެސް ހުޅުވާލެވިފައި އޮތް ތަނެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު