ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަންއަހަރުން ފެށިގެން ޑޮލަރު ލިމިޓު ބޮޑުކުރަނީ
ޚަބަރު

އަންއަހަރުން ފެށިގެން ޑޮލަރު ލިމިޓު ބޮޑުކުރަނީ

މމުހައްމަދު އަލީ29 ސެޕްޓެމްބަރު 2025
އަންނަ އަހަރު ފެބްރުއަރީ އެކަކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރެވޭނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ "ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ،" ކަމަށެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. އަދި ޑޮލަރުގެ ދަތިކަމަށް ވެސް ލުޔެއް ލިބިގެންދާނެއެވެ.

ގުޅުންހުރި ޚަބަރު