ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފެނަކަ ސައީދަށް ކުރި ހުކުމަކީ، އެއްވުމަށް ހުރަސް އެޅުމުގެ ގޮތުންކުރިކަމެއް
ޚަބަރު

ފެނަކަ ސައީދަށް ކުރި ހުކުމަކީ، އެއްވުމަށް ހުރަސް އެޅުމުގެ ގޮތުންކުރިކަމެއް

މމުހައްމަދު އަލީ29 ސެޕްޓެމްބަރު 2025
ފެނަކަ ކޯޕަރޭޝަން ހިޔަނާތުގެ މައްސަލައިގައި، އެ ކޯޓުގެ ކުރީގެ އެމްޑީ އަހުމަދު ސައީދު ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމަކީ، އަންނަ އޮކްޓޫބަރުމަހުގެ ތިންވަނަ ދުވަހު "ލޫޓުވައިފި، ލޫޓުވައިފި" ގެނަމުގައި އިދިކޮޅު އެމްޑީޕީން ބާއްނާ ސަރުކާރާ ދެކޮޅު އެއްވުމަށް ހުރަސްއެޅުމަށް ސަރުކާރުން ކުރަމުން ގެންދާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެމްޑީޕީން ބުނެފިއެވެ. އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ ޕާޓީގެ ބައެއް ވަކީލުން ވިދާޅުވީ، އަންނަމަހުގެ ތިނެއްގައި ބާއްވާ، ބޮޑު އެއްވުމަށް މީހުން ނިކުތަނުދޭން ސަރުކާރުން ވަރަށްގިނަ ކަންތައްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ސައީދަށް ކޮށްފައިވާހުކުމަކީ އެފަދަހުކުކެއްކަަމަށް ބެލެވޭކަމަށްވެސް ވިދާޅުވިއެވެ. ވަކީލުން ވިދާޅުވީ، ފެނަކައިން ހަރަދުކޮށްފައިވާކަަމަށްބުނާ ފައިސާއަކީ އޭރު އެތަނުގައި ތިބި ގާނޫނީ ވަކީލުންގެ ލަފައާއެކު އުސޫލުގެ ތެރެއިން ދޫކުރި ފައިސާ ކަމަށެވެ. އެފަރާތްތަކުން ކޯޓުގައި ހެކިބަސް ދިން ނަމަވެސް އެއަށް ބަލާފައިނުވާކަަމަށްވެސް ވިދާޅުވިއެެވެ. އެބޭފުޅުން ވިދާޅުވީ، ފަޓާސްބަރިއެއްހެން ޝަރީއަތް ކުރިއަށްގެންގޮސް އިއްޔެ ހުކުމް އިއްނީ އެއަށްވުރެ މާކުރިން ހުށަހެޅި އެފަދަ އެތައް މައްސަލައެއް ކޯޓުގައި އޮއްވާ ކަމަށެވެ. އެ ބޭފުޅުން ވިދާޅުވީ ބޮޑު އެއްވުމަށް ހުރަސްއަޅަން އެމްޑީޕީއަށާއި، އެ ޕާޓީގެ މެންބަރުންގެ އިތުރުން ޕާޓީއަށް އެހީތެރިވެދޭ ފަރާތްތަކަށްވެސް ފިޔަވަޅު އަޅަމުންދާ ކަމަށެވެ. ފެނަކަ ކޯޕަރޭޝަންގައި ހިންގި ކޮރަޕްޝަން މައްސަލައެއްގައި އެތަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ިއްޔެ ވަނީ ކުރިމިނަލް ކޯޓުން ހުކުމްކޮށްފައެވެ.

ގުޅުންހުރި ޚަބަރު