ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކޮރަޕްޝަން ހުއްޓާލެވޭނެގޮތް ހޯމް މިނިސްޓަރު ވިދާޅުވެދެއްވައިފި
ޚަބަރު

ކޮރަޕްޝަން ހުއްޓާލެވޭނެގޮތް ހޯމް މިނިސްޓަރު ވިދާޅުވެދެއްވައިފި

މމުހައްމަދު އަލީ1 އޮކްޓޯބަރު 2025
ރާއްޖޭގައި ކޮރަޕްޝަން ހުއްޓާލުމަށް އެންމެ ރަނގަޅުގޮތް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވެފައިވަނީ ކޮރަޕްޝަން ހުއްޓާލުމަށް "ޒިންމާދާރު މަގާމްތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމާއި، ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން،" ހިމެނޭ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެން މިދަނީ އެމަސައްކަތް ކުރަމުން. މި ފުރުސަތު ފާއިތުވި ފަނަރަ އަހަރު ލިބި، މިކަންނުކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެގެން މިކުރަން އުޅެނީ ކޮންކަމެއްތޯ ރައްޔިތުން ވިސްނާލަންޖެހޭ،" އިހްސާން ވިދާޅުވެފައިވެއެވެ. ކުރީ ސަރުކާރުތަކުގެ ވެރީން މަގާމުތަކުގައި ތިއްބެވިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮންކަމެއްތޯ ވެސް މިނިސްޓަރ ވނީ ސުވާލުކުރައްވައިފައެވެ. އެ ސުވާލު އެބޭފުޅުންނާ ކުރައްވައިފިނަމަ "އަޅުގަނޑުމެންނަށް ޖަވާބު ދެވޭނެ،" ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.  

ގުޅުންހުރި ޚަބަރު