ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތުން ނިންމައިފި
ޚަބަރު

އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތުން ނިންމައިފި

މމުހައްމަދު އަލީ1 އޮކްޓޯބަރު 2025
ސަރުކާރުގެ ސިޔާސަތުތަކާގުޅިގެން އުފެދުފައިވާ ރައްޔިތުންގެ ކަންބޮޑުވުމާއި، އިސްލާމްދީނާއި ދިވެހި ގައުމާއި، ރައްޔިތުންގެ ހައްގުގައި، ސަރުކާރު ޖަވާބުދާރީކޮށް، ހަމަމަގަށް އަޅުވަައި ޒިންމާދާރު ކުރުވުމަށް، އެހެން ސިޔާސީ ޕާޓީތަކާއެކު މަސައްކަތްފެށުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމައިފިއެވެ. އަދާލަތުޕާޓީން މިއަދު ޖެރެފައިވާ ބަޔަނެއްގައި ބުނެފައިވަނީ، ގާނޫނުއަސާސީއާހިލާފް ގާނޫނުތަކުން މަޖިލިސް މެންބަރުން ކަސްތޮޅުއަޅުވައި، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް އަރައިގަތް މައްސަލަ ބަލަން ފެށުމުން، ގާނޫނީ އިޖުރާއަތްތަކާހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑީޔާރުން މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުގެ މިނިވަންކަން ނަގާލައި، ރާއްޖޭގެ މުޅި ދުސްތޫރީނިޒާމު ގަޑުބަޑުކޮށް މުއައްސަސާތަކުގެ މިނިވަންކަން މި ސަރުކާރުން ނަގާލާފައިވާކަމަށެވެ. ސަރުކާރުގެ ނާގާބިލުކަމާއި ދޯހަޅިސިޔާސަތުގެ ސަބަބުން، ސުނާމީ އާއި ކޮވިޑް 19 ގެ އާލަމީ ވަބާއާވިދިގެން ވެސް ނުދާހާ މިންވަރަށް އިގްތިސާދު ދަށަށްގޮސް، ބާޒާރުގައި އަސާސީ މުދަކުގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަމަށްވެސް ބުނެފައިވެއެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތަކުގެ އަގުތައް އަތްނުފޯރާފަށަށް މައްޗަށްގޮސް، އާދައިގެ އާއްމު ރައްޔިތުން އަތުން ދައުލަތަށް ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކައި، ގަސްތުގައި ސިޔާސީ ބޭނުމަށް ދިވެހި އިގްތިސާދުގެ ލޭނާރު ކަމުގައިވާ ކުދިއަދި މެދު ފަންތީގެ ވިޔަފާރިތައް ބަންގުރޫޓުކޮށް، އާއިލާތަކުގެ އާއްމު ދިރިއުޅުން ހުއްޓޭހިސާބަށް ގޮސްފައިވާކަމަށްވެސް ބުނެފައިވެއެވެ. "ފުރަތަމަ ދުވަހުންފެށިގެން ރާއްޖޭގެ އިގްތިސާދީ ހާލަތު މިއިން ޒަމާނެއްގައި ނުދެކޭ މިންވަރަށް ފާގަތިވާނޭކަމުގެ ދޮގު ވައުދުވެ، އޮޅުވާލައިގެން ވެރިކަން ހޯދާފައިވީނަމަވެސް، ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސި ވިހާލިވެ، ހާރިޖީ ގުޅުންތައް މެނޭޖު ނުކުރެވި، އަސާސީ އިގްތިސާދީ ހަމަތައް ހިފަހައްޓަން ނޭނގުމުގެ ސަބަބުން ބޭރުގެ ދަރަނި ނުދެއްކި، ދިވެހި ދައުލަތް އިފްލާސްވުމާގާތަށް ގޮސް، ނަތީޖާއެއްގެގޮތުން ދައުލަތުގެ މިނިވަންކަމާއި، އިސްތިގުލާލު ގެއްލިދާނެކަމުގެ ބިރު ހީވެފައިވޭ،" މިކަންކަމުގެ ސަބަބުން އާއްމު ރައްޔިތުން ތަހައްމަލް ކުރަމުންދާ ދަތި ހާލާމެދު އެއްވެސް މިންވަރެއްގެ ހަމްދަރުދީއެއް ނުބަހައްޓައި، ސަރުކާރުގެ ވެރިންގެ ވައްކަމާއި ހިޔާނާތާއި، އަދި އިހުމާލުގެ ސަަބަބުން ދިވެހީންގެ މާލިއްޔަތު އެކީ ހުސްވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަމުންދާގޮތުން ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލިދާނެކަމުގެ ބިރު އޮތް ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ޚަބަރު