ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
"ލޫޓުވައިފި ލޫޓުވައިފި" އެއްވުމުގައި ބައިވެރިވުމަކީ، ކޮރަޕްޝަން ދިފާއުކުރުން: ފަލާހު
ޚަބަރު

"ލޫޓުވައިފި ލޫޓުވައިފި" އެއްވުމުގައި ބައިވެރިވުމަކީ، ކޮރަޕްޝަން ދިފާއުކުރުން: ފަލާހު

މމުހައްމަދު އަލީ2 އޮކްޓޯބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި މާދަމާރޭ އިދިކޮޅު އެމްޑީޕީން ބާއްވާ އެއްވުމުގައި ބައިވެރިވުމަކީ، ކޮރަޕްޝަން ދިފާއުކުރުން ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ ފެނަކަ ހިޔާނާތަކީ އެމްޑީޕީ ސަރުކާރުން ހިންގި ކޮރަޕްޝަނެއް ކަަމަށެވެ. އެހެންކަމުން އެ އެއްވުމުގައި ބައިވެރިވާ ކޮން މީހަކަށް އެ ބުނެވެނީ އެ ކޮރަޕްޝަން ދިފާއުކުރާ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ. "އެ މުޒާހަރާއަށް އަންނަ ކޮންމެ ރައްޔިތަކު އެ ބުނެދެނީ ތިމަންނަމެން މިތިބީ ފެނަމަ ކޯޕަރޭޝަނުން ދެ ބިލިޔަން ރުފިޔާ ގެ ހިޔާނާތް ދިފާއުކުރަން ތައްޔާރަށޭ،" އެހެންކަމުން ގައުމުދެކެ ލޯބިވާ އެކަކުވެސް އެ އެއްވުމަށް ނުދާނެ ކަަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު