ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ރީތި އާދަތައް ހިމާޔަތް ކުރަންޖެހޭ: ރައީސް
ޚަބަރު

ފަތުރުވެރިކަން ތަރައްގީ ކުރުމުގައި ރީތި އާދަތައް ހިމާޔަތް ކުރަންޖެހޭ: ރައީސް

މމުހައްމަދު އަލީ3 އޮކްޓޯބަރު 2025
ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، އަމާންކަމާއި، ދިވެހީންގެ ރީތި އާދަކާދަތައް ހިމާޔަތްކޮށްގެން ކުރިއަށްދިއުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ އެންމެހައި ފަރާތްތަކަށް، ރައީސް މިކަމަށް އިލްތިމާސްކުރެއްވީ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައެވެ. ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށްޓަކައި މި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ގިނަ އަތޮޅުތަކަށް ފަތުރުވެރިކަން ފުޅާކުރުމާއި، ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކުރުމަށް ޤާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި، ޢުމްރާނީ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރަށްރަށުގެ ޤުދުރަތީ ރީތިކަން ހިމާޔަތްކުރެވޭނޭ ގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުން ހިމެނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. ފަތުރުވެރިކަމުގެ ގައުމީ ދުވަސް ފާހަގަކުރަނީ، 1972 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު، "ކުރުނބާ ވިލެޖް"ގެ ނަމުގައި، މާލެއަތޮޅު ވިހަމަނާފުށީގައި ރާއްޖޭގެ ފުރަތަމަ ރިޒޯޓް ހުޅުވި ދުވަހާ ގުޅުވައިގެންނެވެ.  

ގުޅުންހުރި ޚަބަރު