ދިވެހި|English 24 އޮގަސްޓު 2026 · 07:35
Top banner
Advertisement
ބިރަކަށް ނުގުޑާނޭ ކަމަށްބުނެ މުޒާހަރާއަށް މީހުން އަންނަނީ
ޚަބަރު

ބިރަކަށް ނުގުޑާނޭ ކަމަށްބުނެ މުޒާހަރާއަށް މީހުން އަންނަނީ

މމުހައްމަދު އަލީ3 އޮކްޓޯބަރު 2025
އެމްޑީޕީން މިރޭ މާލޭގައި ބާއްވާ މުޒާހަރާއަށް ރަށްރަށުން މީހުން އަންނަމުންދާ ކަމަށް އެޕާޓީން ބުނެފިއެވެ. މިއަދުގެ އެކިވަގުތުތަކުގައި އެކި އަތޮޅުގެ އެކި ރަށްރަށުން މީހުން އަންނަނީ މާލެއަށް އަރަމުންނެވެ. އަންނަ މީހުންގެ އަތުގައި އެމްޑީޕީ ރަމްޒުކޮށްދޭ ދިދަވެސް ހުރެއެވެ. އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ މިރޭގެ މުޒާހަރާއަށް ރަށްރަށުން އެތައް ސަތޭކަ މީހުން މާލެއަށް އަންނާނޭ ކަމަށެވެ. މާލެއަށް އަންމުން އެމްޑީޕީގެ ސަޕޯޓަރުން ބުނަމުންދަނީ މިރޭގެ މުޒާހަރާއަށް ހުރަސް އެޅުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. "އެހެންނަމަވެސް ދައްކާ ބިރަކަށް، ޖަހާހާ ސްޕްރޭއަކަށް އަހަރެމެން ނުއެއް ގުޑާނެ. މިއީ އެމްޑީޕީގެ މެންބަރުން. މާޒީގައި ވެސް އެކަން އެންމެންނަށް ވާނީ އެނގިފައި،" މިއަދު މާލެއައި ޒުވާނަކު ބުންޏެވެ. މިރޭގެ މުޒާހަރާގެ ކަންކަން އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވަނީ މުޒާހަރާ ފެށެންދެން ރަށްރަށުން މީހުން އަންނަމުންދާނޭ ކަމަށެވެ.

ގުޅުންހުރި ޚަބަރު