ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަނިޔާވެރިކަން: ގާނޫނީ ހައިސިއްޔަތު ގެއްްލެމުންދާކަމުގެ ހެއްކެއް:އިބޫ
ޚަބަރު

އަނިޔާވެރިކަން: ގާނޫނީ ހައިސިއްޔަތު ގެއްްލެމުންދާކަމުގެ ހެއްކެއް:އިބޫ

މމުހައްމަދު އަލީ4 އޮކްޓޯބަރު 2025
ރައްޔިތުންގެ އަޑު ކަނޑުވާލަން އަނިޔާވެރިކަން ބޭނުންކުރުމަކީ މިހާރު އޮތް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު ގެއްްލެމުންދާކަމުގެ ހެއްކެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ. "ލޫޓުވަައިފި ލޫޓުވައިފި" ގެނަމުގައި އެމްޑީޕީން ރޭ ބޭއްވި މުޒާހަރާއާ ގުޅިގެން ފުލުހުން ހަރަކާތްތެރިވިގޮތާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ރޭ ބޭއްވި ސުލްހަވެރި މުޒާހަރާގައިތިބި މީހުންނާ ދެކޮޅަށް ސަރުކާރުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމަށެވެ. އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ޕެޕާސްޕްރޭ އާއި ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރްއޭޑީ) ބޭނުންކުރުން ކުށްވެރި ކުރައްވައި، އެކަމުން އެތައް ބަޔަކަށް އަނިޔާލިބި އެ މުޒާހަރާގެ ތެރެއިން ހާޓް އެޓޭކެއް ޖެހިގެން، އެމްޑީޕީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ފަރުވާދެމުންދާ ކަންވެސް އިބޫ ފާހަގަ ކުރެއްވިއެވެ. އަދި އޭނާއަށް އަވަސް ޝިފާ އަކަށް އެދި ވަޑައިގެންނެވިއެެވެ. ރޭގެ މުޒާހަރާއިން ފުލުހުން ހައްޔަރުކުރި އެންމެން ޝަރުތުތަކާ ނުލައި ވަގުތުން ދޫކޮށްލުމަށް ވެސް އިބޫ ވަނީ ގޮވާލައްވައިފައެވެ.

ގުޅުންހުރި ޚަބަރު