ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ލޫޓުވައިފި: ހަ މީހަކު ފަނަރަ ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފި
ޚަބަރު

ލޫޓުވައިފި: ހަ މީހަކު ފަނަރަ ދުވަހަށް ބަންދު ކުރަން އަމުރު ކޮށްފި

މމުހައްމަދު އަލީ4 އޮކްޓޯބަރު 2025
އެމްޑީޕީން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލައި އަނެއް ހަ މީހުން ފަނަރަދު ވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ. ރޭގެ މުޒާހަރާގެ ބައިވެރިން އާޓިފިޝަލް ބީޗުން ނުކުމެ ދިމާކޮށްލީ މަޖީދީމަގުން ކުރިއަށް ދިއުމަށެވެ. އެހެންމަވެސް އެއީ އެމްޑީޕީއަށް ހުއްދަދީފައިވާ ރޫޓު ނޫންކަމަށް ބުނެ ފުލުހުންވަނީ މުޒާހަރާއަށް ހުރަސް އަޅައިފައެވެ. އެހިސާބުން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި ބައެއް މީހުންނަށް އަނިޔާވެސްވިއެވެ. ފުލުހުން ވަނީ ޕެޕަރސްޕްރޭވެސް ޖަހައިފައެވެ. މި ހަތް މީހުން ހައްޔަރުކޮށްފައިވަނީ މި ހަމަނުޖެހުމުގެ ތެރޭގައެވެ. ރޭ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި، ކުޅުދުއް، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހާއި، ޔާސިރު އަބްދުއްލަތީފާއި، އަލީ ޖުމާންއާއި، އަޒީމް އަލީއާއި ހަސަން ޝާކިރެވެ. މި މީހުން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ނުކިޔަމަންތެރިކަން ދެއްކުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ޚަބަރު