ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބަންގްލަދޭޝްގެ އައު ސަފީރު، ފަތްކޮޅު އަރުވައިފި
ޚަބަރު

ބަންގްލަދޭޝްގެ އައު ސަފީރު، ފަތްކޮޅު އަރުވައިފި

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ މުޙައްމަދު ނަޒްމުލް އިސްލާމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި، ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރުގެ ތެރޭގައި ހުންނަވައިގެން ހިންގަވާފައެވެ. ބަންގްލަދޭޝްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށްފަހު، ދެއްކެވި ވާހަކަފުޅުގައި ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ. އަދި، ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އެއް ޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުން، ޚާއްޞަގޮތެއްގައި ދެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ދެޤައުމުގެ މެދުގައި ދަނޑުވެރިކަމާއި، މަތީ ތަޢުލީމާއި، އިޤުތިޞާދީ ދާއިރާގެ އިތުރުން، ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ދެޤައުމުގެ ލާބައަށްޓަކައި ދޭދޭގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ދެބޭފުޅުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުގައެވެ.

ގުޅުންހުރި ޚަބަރު