ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ތިލަފުށިން ފަސް ހޯކްސް އަށް ވިއްކައިފި
ޚަބަރު

ތިލަފުށިން ފަސް ހޯކްސް އަށް ވިއްކައިފި

މމުހައްމަދު އަލީ6 އޮކްޓޯބަރު 2025
އިންޑަސްޓްރިއަލް ވިލެޖެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ތިލަފުށިން ފަސް ބިމެއް އެޗްޑީސީން، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ވިއްކައިފިއެވެ. މި ހަ ބިން ވިއްކާފައި ވަނީ 64،462،412 މިލިޔަން ފުރިޔާ އަށެވެ. ވިއްކި ބިމުގެ ބޮޑު މިނާއި އަގު: 33،066.80 އަކަފޫޓު 10،713،643.20 ރުފިޔާ އަށް 6،829.58 އަކަފޫޓު 4،056،770.52 ރުފިޔާ އަށް 35،640.56 އަކަފޫޓު 21،170،492.64 ރުފިޔާ އަށް 45،184.26 އަކަފޫޓު 26،839،450.44 ރުފިޔާ އަށް 5،191.53 އަކަފޫޓު 1،682،055.72 ރުފިޔާ އަށް މި ބިންތައް ހޯކްސް އަށް ވިއްކުމަށްފަހު، އެކަން ކަނޑައެޅުމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ކޯޓުން މިއަދު ހުކުމްކޮށްފައިވަނީ، ބިންތައް ވިއްކި ފައިސާ ހޯކްސްއިން އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިވާތީ، އެ ބިންތައް ހޯކްސްއަށް މިލްކު ވެއްޖެކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަަމަށެވެ. މީގެ ކުރިންވެސް ތިލަފުށިންނާއި ހުޅުމާލޭން އެޗްޑީސީން ހޯކްސްއަށް ވަނީ ބިން ވިއްކައިފައެވެ. އެގޮތުން އަށް މިލިޔަނަށް ތިލަފުށިން ވިއްކާފައިވާ 24،701.11 އަކަފޫޓުގެ ބިމެއް ހޯކްސްއަށް މިލްކު ވެފައިވާކަަމަށް މިމަހު ދެވަނަ ދުވަހުވެސް ސިވިލްކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ގުޅުންހުރި ޚަބަރު