ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާ ވަޑައިގެންފި
ޚަބަރު

ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާ ވަޑައިގެންފި

މމުހައްމަދު އަލީ6 އޮކްޓޯބަރު 2025
އަރިއަތޮޅު ދެކުނުބުރީ (އދ) ގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ދިހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ މަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ދަނގެއްޗަށެވެ. ދަނގެތީގެ އިތުރުން ދިއްދޫ، އޮމަދޫ، ދިގުރަށް، މާމިގިލި، މަންދޫ، ފެންފުށި، ހަންޏާމީދޫ، މަހިބަދޫ އަދި ކުނބުރުދުއަށް އެ މަނިކުފާނު ޒިޔާރަތްކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ ކަމަށްވެސް ބުންޏެވެ. ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ޚަބަރު