ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އައިނު ހަދައިދިނުމަށް އަހަރަކު 3.4 މިލިޔަން ހަަދުވާނެ: ނާޒިމް
ޚަބަރު

އައިނު ހަދައިދިނުމަށް އަހަރަކު 3.4 މިލިޔަން ހަަދުވާނެ: ނާޒިމް

މމުހައްމަދު އަލީ6 އޮކްޓޯބަރު 2025
ހިލޭ ނަމްބަރު އައިނު ހަދައިނުމުގެ ހިދުމަތުގެ ދަށުން މޮންމެ އަހަރަކު އައިނު ހަދައިނުމަށް، ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ރުފިޔާ ހަރަދުވާކަމަށް ލަފާ ކުރެވޭ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާގައި ލިއުމުން ޖަވާބު ހޯއްދެވުމަށް، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ސަރުކާރުން އައިނު ފިހާރަ ހިންގަން ފަށަން ކިހާ ފައިސާއެއް ހަރަދުވިތޯ، އާއި މި ވިޔަފާރި ހިންގަން ކޮންމެ އަހަރަކު ކިހާ ހަރަދު އޮޅުން ފިލުއްވުމަށް މެންބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އައިޖީއެމްއެޗްގައި އައިނުގެ ހިދުމަތްދޭ ތަން ހެދުމަށާއި، އެތަނަށް ބޭނުންވާ ތަކެތި ގަތުމަށް ޖުމްލަ ދެ މިލިޔަން ރުފިޔާ ހަރަދުވިކަމަށެވެ. އޭގެ އިތުރުން އަހަރެއްގެ މައްޗަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 3.4 މިލިޔަން ހަރަދުވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ސަރުކާސަރުކާރުގެ އަމާޒަކީ އިތުރު އަގަކާނުލައި ރައްޔިންނަށް އައިނު ލިބޭނެއިމްތިޔާޒު ހަމަޖައްސައިދިނުން ކަމަށެވެ. ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ، ނަމްބަރު އައިނު ހަދައިދުނުމުގެ ހިދުމަތަކީ، ވިޔަފާރީގެ އުސޫލުންދޭ ހިދުމަތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރުތަކުން ގިނަ ވިޔަފާރިތައް ކުރުމުގެ ބަދަލުގައި ދުނިޔޭގެ ތަހުޒީބީ މުޖުތަމައުތަކުގައި ކުރާކަމަކީ ރެގިއުލޭޓްކުރުން ފާހަގަކޮށް، އާސަންދައިން އައިނު ހައްދަދޭ އުސޫލު ރެގިއުލޭޓްކުރުމުގެ ބަދަލުގައި ސީދާ ސަރުކާރުން އެ ވިޔަފާރިކުރަން ނިންމި ސަބަބަކީ ކޮބައިތޯ އާއި ސަރުކާރުގެ އައިނު ފިހާރަ ހިންގަން ފަށަން ކިހާ ހަރަދެއް ދިޔަތޯ އާއި އަހަރެއްގެ މައްޗަށް މި ވިޔަފާރި ހިންގަން ކިހާ ހަރަދެއް ހިނގާނެތޯ، މެންބަރުވަނީ ސުވާލުކުރައްވައިފައެވެ. މި ސުވާލުތަކަށް ކިއުމުން ޖަވާބު ދެއްވަމުން، މިނިސްތަރު ވިދާޅުވީ، ހެޔޮ އަގުގައި އައިނުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް ގެ އިސްނެންގެވުމާއެކު، 27 ޖުލައިގައި އެ ހިދުމަތް ފަށާފައިވާ ކަަމަށެވެ. އާސަންދައިގެ ދަށުން ކޮންމެ ރައްޔިތަކަށް ދެއަހަރުން އެއްފަހަރު އައިނު ހެއްދުމަށްކަނޑައަޅާފައިވާ 2000 ރުފިޔާގެ ތެެރެއިން އައިޖީއެމްއެޗުން ހިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންދަކަމަށްވެސް މިނިސްތަރު ވިދާޅުވިއެވެ. މިނިސްތަރު ވިދާޅުވީ މިއީ ވިޔަފާރީގެ އުސޫލުންކުރަމުންދާ މަސައްކަތެއްނޫން ކަމަށެވެ.

ގުޅުންހުރި ޚަބަރު