ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
ފަރެސްމާތޮޑާއަށް ގޮސްފިނަމަ، ކެފޭ ލައިހާއަށް ވަންނަންވާނެ!
ރިޕޯޓް

ފަރެސްމާތޮޑާއަށް ގޮސްފިނަމަ، ކެފޭ ލައިހާއަށް ވަންނަންވާނެ!

މމުހައްމަދު އަލީ15 ސެޕްޓެމްބަރު 2024
"ކެފޭލައިހާ" އަކީ ފަރެސްމާތޮޑާގައި ހިންގާ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓެވެ. އެތަނުގެ ހިތްގައިމު މާހައުލެވެ. މެހުމާންދާރީގެ ފުރިހަމަކަމެވެ. ވެއިޓަރުންގެ ހިދުމަތުގެ ފުރިހަމަކަމެވެ. ސާވިސް ދިނުމުގެ އަވަސް ކަމެވެ. އެކުވެރީންނާއި އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ފަހި މާހައުލެކެވެ. ރެސްޓޯރެންޓަކުން މީހަކު ބޭނުންވާ ހުރިހާ ހިދުމަތެއް އެތަނުން ލިބޭނެއެވެ. ތަޖުރިބާކާރު ޝެފުންގެ މީރު ރަހަތަކެވެ. އެމީހަކު ބޭނުން އެއްޗެކެވެ. ޗިކަން ފްރައިޑް ރައިސް އެވެ. ޓޫނާ ފްރައިޑް ރައިސް އެވެ. ބީފް ފްރައިޑް ރައިސްއެވެ. ފިޝް އެންޑް ޗިޕްސް އާއި ޗިކަން އެންޑް ޗިޕްސް އެވެ. ތަފާތު ވައްތަރުގެ ބާގަރ އެވެ. ރަހަ މީރު ސަބްމެރީންއާއި، ޕިއްޒާ އެވެ. މީގެ އިތުރުން ބްރޭކްފާސްޓާއި ލަންޗެވެ. ޑިނަރ އެވެ. އާދައިގެން ގޮތަކަށް ނޫނެވެ. އެމީހަކު ބޭނުން ފެންވަރަކަށެވެ. މީގެ އިތުރުން ހާއްސަ އޯޑަރުތަކަށް އެތަނުން ކޭޓަރ ކޮށްދެއެވެ. ކައިވެނި ހަފްލާތަކަށެވެ. ރަސްމީ އަދި ނުރަސްމީ ބައްދަލުވުންތަކަށެވެ. ސާފު ތާހިރު ކަމާއެކުގައެވެ. އަވަސްކަމާއެކުގައެވެ. މިއީ ރަށެއްގައި ހުރި ތަނަކަށްވުމުން އާދައިގެ ތަނެއްކަމަށް ހީނުކުރާށެވެ. މާލޭގައި ހިންގާ ތަންތަން ވެސް ވާނީ މިވަރެވެ. މިއީ އަތޮޅު ފެންވަރުގައި ފާހަގަކޮށްލެވޭ ތަނެކެވެ. ކަސްޓަމަރުންގެ އިތުބާރު ވަނީ ލިބިފައެވެ. ނަމުގެ ކުރިއަށް "ކެފޭ" އަޔަސް އެއީ ރެސްޓޯރެންޓެކެވެ. ފަރެސްމާތޮޑާގެ ރައްޔިތަކު ހިންގާ ރެސްޓޯރެންޓެކެވެ. އެއީ އެރަށުގައި އެންމެ ފުރަތަމަ މިފެންވަރަށް ހިންގަންފެށި ރެސްޓޯރެންޓެވެ. މިތަނުގެ ހިދުމަތުގެ ފެންވަރު ކުރިއަށްއޮތްތާގައި ވެސް ދާނީ ރަނގަޅުވަމުންނެވެ. ހަނދާން ބަހައްޓާށެވެ. ތިޔަދަނީ ފަރެސްމާތޮޑާއަށެވެ. ކެފޭ ލައިހާއަށް ވަންނަންވާނެއެވެ. ކާބޯތަކެތީގެ އަޖުމަ ބަލާލަންވާނެއެވެ. ކާއެއްޗެހީގެ ރަހަ އެކަންޏެއް ނޫނެވެ. ރަހަމީރު ބުއިންތަކާއި ކޮފީގެ ރަހަ ވެސް މެއެވެ.

ގުޅުންހުރި ޚަބަރު