ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ކުނބުރުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް
ޚަބަރު

ކުނބުރުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

މމުހައްމަދު އަލީ8 އޮކްޓޯބަރު 2025
އދ. ކުނބުރުދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ މިއަދު ހަ ވާލުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް )ރިޓަޔަރޑް( އަޙުމަދު ސަޢުދީއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެރަށަކީ 630 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިއަދުސޮއިކުރި މަޝްރޫޢުގެ މަސައްކަތް ނިމި، ހިއްކި ބިމުން ރަށު ރައްޔިތުންނަށް ގޯތި ލިބުމުގެ ފުރުސަތު ފަހިވާނެއެވ.ެ އަދި ހަމަ މިއާއެކ،ު ގިރާ ސަރަޙައްދު ހިމާޔަތް ކުރެވ،ި ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެއެވެ. މި މަޝްރޫޢުގެ ދަށުނ،ް 9.89 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 1616 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 230 މީޓަރުގެ ސަރަހަ އްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަކީ 169.11 މިލިއަން ރުފިޔާއަށް 480 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވ.ެ

ގުޅުންހުރި ޚަބަރު