ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އޭސީސީގެ ބަޖެޓް ވަކިން ފާސްކުރަންޖެހޭ: ޝުޖާ
ޚަބަރު

އޭސީސީގެ ބަޖެޓް ވަކިން ފާސްކުރަންޖެހޭ: ޝުޖާ

މމުހައްމަދު އަލީ8 އޮކްޓޯބަރު 2025
އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓު ވަކިން ފާސްކުރަން އޮންނަ ގޮތަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބަޖެޓް ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ވަކިން ފާސްކުރާ ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާ މިއަދު ވިދާޅުވެއްޖެއެވެ. އޮޑިޓާ ޖެެނެރަލް އޮޕީހާއި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ފާސްކުރުން އޮންނަނީ ވަކިން، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅައިގެންނެވެ. މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މާލީ ބަޔާންތައް އާއްމުކުރަން ޖެހޭ ގޮތަށް އޮޑިޓް ގާނޫނު ބަދަލުކުރަން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު މިއަދު ވިދާޅުވީ، އެ ގޮތަށް އޭސީސީގެ ބަޖެޓް މަޖިލިހުން ފާސްކުރާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ޖެހޭ ކަމަށެވެ. ސުޖާ ވިދާޅުވީ، އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ވަކިން ފާސްކުރާ ބަޖެޓެއްގެ ގޮތުގައި އޮންނައިރު، އޮޑިޓާ ޖެނެރަލްގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރޭތޯ ބަލަން ވެސް ޖެހޭ ކަމަށެވެ. ގާނޫނުއަސާސީ ގެންނަ އިސްލާހެއްގެ ގޮތުގައި އެ ބަދަލު ގެންނަންޖެހޭ ކަަމށާއި، އެ އިސްލާހުގައި އޭސީސީގެ ބަޖެޓަކީ ވެސް ވަކިން ފާސްކުރަން ޖެހޭ ބަޖެޓެއްގެ ގޮތުގައި ގާނޫނުއަސާސީގައި ކަނޑައަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ކޮރަޕްޝަނުގެ ތުހުމަތު އަބަދުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ބޮލުގައި އަޅުވާއިރު، ކޮރަޕްޝަނުގެ ވަބާ މުޅި ދައުލަތުގެ ތެރޭގައި އޮންނަ ކަމަށް ވެސް ޝުޖާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު