ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނުވަ މިލިޔަން ނުކަނޑައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފި
ޚަބަރު

ނުވަ މިލިޔަން ނުކަނޑައި އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކޮށްފި

މމުހައްމަދު އަލީ8 އޮކްޓޯބަރު 2025
އަންނަ 2026 ވަނަ އަހަރަށް އޮޑިޓް އޮފީހުން ހުށަހެޅި ބަޖެޓު ކުޑަކުރަން ފިނޭންސް މިނިސްޓަރު ހުށަހަޅާފައި ވަނިކޮށް، އޮޑިޓް އޮފީހުން ހުށަހެޅިގޮތަށް އެ އޮފީހަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ގާނޫނުއަސާސީ ބުނާގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ބަޖެޓް ފާސްކުރަނީ ދައުލަތުގެ ބަޖެޓާ ވަކިން އެ ބަޖެޓްގެ ކުރިންނެވެ. އެގޮތުން އަންނަ އަހަރަށް 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިއެވެ. އެބަޖެޓާ ބެހޭގޮތުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ބަޖެޓާ ބެބޭގޮތުން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ފޮނުއްވި ސިޓީގައި ހިމެނޭ މައުލޫމާތުތައް އިދާރީ މޭޒުން ކޮމިޓީއާ ހިއްސާކުރިއެވެ. އެ ސީޓިގައި ފިނޭންސް މިނިސްޓަރު އެދިވަޑައިގެންފައި ވަނީ 9.2 މިލިޔަން ރުފިޔާއާ އުނިވާނެގޮތަށް އެކި ދިމާއިން ހަރަދުތަށް ކުޑަކުރުމަށެވެ. އެގޮތަށް ހަރަދުތައް ކުޑަކުރާނެ ދާއިރާތުގެ ތެރޭގައި، އޯވަ ޓައިމްގެ ފައިސާ އާއި ދަތުރު ފަތުރުގެ ހަރަދާއި އޮފީސް ބޭނުމަށް ހޯދާ ތަކެއްޗާއި ތަމްރީން ޕްރޮގްރާމް ތަކުންނާއި، މަރާމާތާއި ހަރުމުދަލުގެ ބައި ހިމެނެއެވެ. ނަމަވެސް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހަޅުއްވައި، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަަމދުއަބްދުﷲ ތާއީދު ކުރައްވައިގެން 134.2 މިލިޔަން ރުފިޔާގެ ބަޖެޓެއް އޮޑިޓާ ޖެެނރަލްގެ އޮފީހަށް މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެއީ ރިކަރަންޓް ހަރަދަށް 89 މިލިޔަން ރުފިޔާ އާއި ކެޕިޓަލް ހަރަދަށް ތިން މިލިޔަން ރުފިޔާ ހިމަނައި، އޮޑިޓް އޮފީހުގެ އާ އިމާރާތައް ޕީއެސްއައިޕީގައި ހިމެނޭ 41.5 މިލިޔަން ރުފިޔާ ހިމަނައިގެންނެވެ.

ގުޅުންހުރި ޚަބަރު