ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ހިމަންދޫ ސްކޫލް މަޝްރޫއު ނިންމަން އިސްކަން ދޭނަން: ރައީސް
ޚަބަރު

ހިމަންދޫ ސްކޫލް މަޝްރޫއު ނިންމަން އިސްކަން ދޭނަން: ރައީސް

ހިރި ނިއުސްހިރި ނިއުސް9 އޮކްޓޯބަރު 2025
އދ. މަންދޫގެ ތަރައްޤީއަށް ކުރިއަށް ގެންދަވާ މަޝްރޫޢުތަކުގެ ތެރެއިން، ސްކޫލްގެ ބާރަ ކްލާސްރޫމްގެ މަޝްރޫޢަށް އިސްކަން ދެއްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެންމެ ފަހު ރަށް ކަމަށްވާ މަންދުއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި،ރައްޔިތުންނާ ބައްދަލުކުރައްވައި، ކުރެއްވި މަޝްވަރާގެ ތެރޭގައެވެ. މަންދޫ ސްކޫލްގައި މިއަދު، ބޭއްވި މަޝްވަރާބައްދަލުކުރެއްވުމުގައި، މަންދޫ ރައްޔިތުންގެ އާންމު އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވެފައިވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ. މި ބައްދަލުވުމުގައި ވަނީ މަންދޫ ސްކޫލްގެ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މި މަސައްކަތް ޙަވާލުކުރައްވާފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑާއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 12 ކްލާސްރޫމް އަދި މަލްޓިޕަރޕަސް ހޯލުގެ ޢަމަލީ މަސައްކަތް ނޮވެމްބަރު މަހު ފައްޓަވައި، 2027 ވަނަ އަހަރުގެ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިންމުމަށް ކަނޑައަޅުއްވަފައިވާ ކަމަށެވެ. ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވައި، ކަންބޮޑުވުންތަކާއި، ޚިޔާލުފުޅުތަކަށް ރިޢާޔަތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު މަންދުއަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް، ރަށުގައި މިއަދު އަމަލީ މަސައްކަތް ފެށިގެންދިޔަ ހުރިހާ މަޝްރޫޢުތައް ނިންމަވާ އެކަންކަން ހަޤީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. މިދަތުރުފުޅުގެ ތެރެއިން މިއަދު މަންދޫގައި ވަނީ ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގެ ބިންގާ އަޅުއްވައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައި، ރަށުގެ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމެއް ހުޅުއްވައިދެއްވާފައެވެ.

ގުޅުންހުރި ޚަބަރު