ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކުރީގެ ތިންވަޒީރަކު އޭސީސީއަށް ހާޒިރުކުރުން، ރޭވިގެން ކުރާކަމެއް: އިބޫ
ޚަބަރު

ކުރީގެ ތިންވަޒީރަކު އޭސީސީއަށް ހާޒިރުކުރުން، ރޭވިގެން ކުރާކަމެއް: އިބޫ

ޟޟަމްރަތު އަހްމަދު10 އޮކްޓޯބަރު 2025
އެމްޑީޕީގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ތިން ބޭފުޅަކު އޭސީސީއަށް ހާޒިރު ކުރާތީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ. އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލާއި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ އޭސީސީގެ ތަޙުޤީޤަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި،" ކަމަށެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ހިނގަމުންދަނީ އިންސާފުން އެއްކިބާވެފައިވާ ކަންކަން ކަމަށެވެ. ބޭނުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުން ކަމަށް ވިދާޅުވެފައިވެއެވެ. އެއީ "ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން،" "މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަޙުޤީޤުތަކާއި، ސިޔާސީ ހުކުމްތަކުން މުޅި ޤައުމު ކިލަނބުވާނެ،" ރައީސް ސާލިހު ވިދާޅުވެފައިވެއެވެ. އެހެން ކަމުން މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު